ރުއްތަކަށް ޖެހޭ ކޫޑި ބަލީގެ ހައްލު ހޯދިއްޖެ: ޝިޔާމް

ދަނޑުވެރިކަމަށް ހާއްސަކޮށް ހެދި ލެބޯޓަރީގައި ކުރި ތަހުލީލުތަކުގެ އެހީގައި، ރާއްޖޭގެ ރުށްތަކަށް ޖެހޭ ކޫޑި ބައްޔަށް ހައްލެއް ހޯދޭނެ ގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރުއްތަކަށް ޖެހޭ ބައްޔަށް ހައްލެއް ހޯދިފައިވަނީ ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ހާއްސަކޮށް ހެދި ލެބޯޓަރީގައި ކުރި ތަހުލީލުތަކުން ކަމަށެވެ
"ބަލި ފެތުރިފައި ހުރި ރަށްތަކުގައި އެކަމަށް ހައްލު ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފާށާނަން،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ