މާލޭގައި ހުޅުވާ ލައްޕާ ގޮތަށް ހުރި ހުރިހާ ޕާކުތަކެއް ކޮންމެ ދުވަހެއްގެ ރޭގަނޑު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާންއެވެ. ފުރުޝާން ވިދާޅުވީ، އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލަން ދާން މިހާރު މާލޭގައި ހުރި ހަމައެކަނި ތަންތަން ކަމަށާއި، އެ ތަންތަން ވަކި ގަޑިތަކެއްގައި ބަންދުކޮށް ހުޅުވާ ހަދާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ޕާކުތަކަކީ ބަންދުކުރަންޖެހޭ ތަންތަން ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭގެ ޕާކުތައް ރޭގަނޑު 12 ޖަހަންދެން ހުޅުވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ