އެޗްޑީސީގެ ޗެއާމަންކަން ކުރެއްވި ނާސިފު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަން ކުރެއްވި އަހުމަދު ނާސިފު, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް މިއަދު އައްޔަނުކުރައްވައިފިއެވެ. އެމްއޭސީއެލްއިން ކުރި ޕޯސްޓެއްގައި ވަނީ، އެ މަގާމަށް ނާސިފު އައްޔަނުކުރީ މިއަދު ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ނާސިފަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ. އޭގެފަހުން، މިދިޔަ އަހަރުގެ މާރިޗު ފަހެއްގައި އެ މަގާމުން އޭނާ ވަކިކޮށް، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން ކަމަށް ބަދަލުކުރިއެވެ. https://sun.mv/203295 ނާސިފު ވަނީ ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ތިލަފުށި ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ