މަންމަ މަރުވުމުން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އެނބުރި ގައުމަށް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ މަންމަ މަރުވުމާ ގުޅިގެން އޭނާ އެނބުރި ގައުމަށް ދާތީވެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހުކުރު ދުވަހުގެރޭ ނޯވޭއާ ދެކޮޅަށް އޭނާ ބެންޗުން ނުފެންނާނެ ކަމަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް، ފިލީޕޭ ޑިއާލޯ، މީޑިއާ އަށް ވިދާޅުވީ، އުމުރުން 57 އަހަރުގެ ޑެޝޯމްޕްސްގެ މަންމަ، އަންގާރަ ދުވަހު ހެނދުނު މަރުވެފައިވާ ކަމަށެވެ. އަދި، މަންމަގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް، ފްރާންސްގެ ކޭމްޕް ދޫކޮށް، އެނބުރި ގައުމަށް ދިއުމަށް ޑެޝޯމްޕްސް އަށް ހުއްދަދީފައިވާ ކަމަށެވެ. އެހެންކަމުން، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އިން ކުޅޭ ފަހު މެޗުގައި، ނޯވޭއާ ދެކޮޅަށް ޑެޝޯމްޕްސް ޓީމަށް އިރުޝާދުދޭން. ބެންޗުގައި ނުުހުންނާނެ އެވެ. އެ މެޗުގައި ފްރާންސްގެ ޓީމު ލީޑުކުރާނީ ޓީމުގެ އެސިސްޓަންޓް ކޯޗު، ގައި ސްޓެފަން ކަމަށް ވެސް ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. ސްޓެފަންގެ އިރުޝާދުގެ ދަށުން ނޯވޭއާ ދެކޮޅަށް ފްރާންސް ނިކުންނައިރު، އެ ޓީމަށް މާ ބޮޑު ފިއްތުންތަކެއް ނެތެވެ. ސަބަބަކީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ސެނެގޯލް އަތުން 3-1 އިން އަދި އިރާގު އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ، ފްރާންސް މިހާރުވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ.ފްރާންސް ގައުމީ ޓީމާ މީގެ 14 އަހަރު ކުރިން ހަވާލުވި ޑިޝޯމްޕްސް ވަނީ މި ވޯލްޑް ކަޕަށް ފަހު ފްރާންސް ކޯޗުކަމުން ވަކިވާން ނިންމައިފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2022 ގެ ވޯލްޑް ކަޕާއި، 20216 ގެ ޔޫރޯގެ ފައިނަލުން ބަލިވީ އެވެ.ޑިޝޯމްޕްސް ވަނީ ކެޕްޓަނެއްގެ ގޮތުގައި ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕާއި، 2000 ގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ