ޙައްޖު ސޫރަތުގެ ފުރަތަމަ 2 އާޔަތުގައިވަނީ ޙައްޖުގެ ވާހަކައެއް ނޫނެވެ. ޙައްޖާއިބެހޭ ވާހަކައެއް ނޫނެވެ. ޤިޔާމަތް ދުވަހުގެ ހުރި ބިރުވެރިކަމުގެ ވާހަކައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ.
ޢަރަފާތު ދުވަހަށް އިރުއަރާނީވެސް ޢަރަފާތު ފަރުބަދަމަތި ފުރިބާރުވާ ފަހުންނެވެ. މީހަކަށް ހިނގައިލާނެ ތަންކޮޅެއް ލިބޭނީވެސް ވަރަށް އުނދަގުލުންނެވެ. އެދުވަހުގެ ހޫނު ކިތަންމެ ގަދަނަމަވެސް އެކަންވެސް މީސްތަކުންނަށް ބޮޑުކަމަށް ނުވާނެއެވެ.
އެމީހުން އަވަދިނެތި ތިބޭނީ ﷲ ތަޢާލާ މަތިވެރިކުރުމުގައެވެ. ލޮލުން ކަރުނައަޅަމުން ދެއަތް އުފުލައިގެން ތިބެ އާދޭސް ދަންނަވައި ދުޢާކުރުމުގައެވެ. އަތްވަރުބަލިވާކަމެއްވެސް އިޙްޞާޞެއް ނުކުރެވޭނެއެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި ތިބެ ޤިޔާމަތް ދުވަސް ސިފައެއް ނުކުރެވޭނެއެވެ. ނަމަވެސް ޢަރަފާތު ދުވަހު ޢަރަފާތު ފަރުބަދަ މައްޗަށް އެއްވެސް އެތައް މިލިއަން މީހުން އެތިބޭ ގޮތަށް ބެލުމުން މީސްތަކުންނަށް ޤިޔާމަތް ދުވަހު މަޙްޝަރު ބިމުގައި ތިބެންޖެހޭނެ ޙާލަތުގެ ވަރަށް ކުޑަކުޑަ މިންވަރެއް އިޙްޞާޞް ކުރެވޭނެއެވެ.
ކޮންމެއަކަސް އަހުރެމެން މިތިބީ ޙައްޖަކު ނޫނެވެ. އަހުރެމެންގެ ރަށުގައެވެ. އަހުރެމެންވެސް މިކަމުގައި ބައިވެރިވާންވާނެއެވެ. އެދުވަހު ރޯދައަށް ތިބެ ﷲ ތަޢާލާ މަތިވެރިކޮށް ދުޢާކުރުން ގިނަކުރަންވާނެއެވެ.
އަލްޙައްޖު ސޫރަތުގެ ފުރަތަމަ 2 އާޔަތް:
﴿1﴾ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ."
﴿2﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ
"ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲގެ ޢަޛާބު ގަދަފަދައީއެވެ."
- ޝައިޚް ޙުޝާމް އަބޫޔޫސުފްގެ ދަރުސަކުން
މީސްތަކުންނަށް ޤިޔާމަތް ދުވަހު މަޙްޝަރު ބިމުގައި ތިބެންޖެހޭނެ ޙާލަތުގެ ވަރަށް ކުޑަކުޑަ މިންވަރެއް ދުނިޔޭގަ އިޙްޞާޞް ކޮށްލަން ބޭނުންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ