ގާނޫނީ ވަކީލް މަހްފޫޒް ސައީދުގެ ގަޔަށް ވަޅި ޖަހަން ބުނި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. ފުލުހުން ބުނީ ވަކީލް މަހްފޫޒަށް އިންޒާރު ދިން މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މަހްފޫޒަށް އިންޒާރު ދިނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
“ޖާނަލިސްޓް ގަސަމް” ނަމުގައި ހިންގާ އެކައުންޓުން ކުރި ކޮމެންޓެއްގައި މަހްފޫޒަށް ޓެގްކޮށް ލިޔެފައި ވަނީ “ވަޅި އެއް ޖަހަންވީތަ” މިހެނެވެ.
އެ ކޮމެންޓް ފަހުން ވަނީ ޑިލީޓް ކޮށްފަ އެވެ. ނަމަވެސް މަހްފޫޒް ވަނީ އެ ކޮމެންޓްގެ ސްކްރީންޝޮޓެއް ހިއްސާކޮށް ޕޯސްޓެއް ކޮށްފަ އެވެ.
މީގެ ކުރީން ވެސް މަހްފޫޒަށް ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް ދީފަ އެވެ. ފުރާނައަށް ނުރައްކާވި އެ ހަމަލާ އިން ހަނި ގޮތަކަށް މަހްފޫޒް ރިކަވާވީ ގިނަ ފަރުވާތަކަކަށް ފަހު އެވެ.
ވަކީލް މަހްފޫޒްގެ ގަޔަށް ވަޅި ޖަހަން ބުނި މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ