އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށް ކަރަންޓް ކުންފުނި، ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނީ ކަރަންޓް އަގު ހެޔޮ ކުރުމުން ވެސް މެއި މަހުގެ ބިލް ބޮޑު ކަމަށް ބުނެ ބައެއް އާންމުން ޝަކުވާ ކުރުމުން އެކަން ސާފުކޮށް ދިނުމުގެ ގޮތުންނެވެ.
ސްޓެލްކޯ އިން ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.
އެކަން ސާފުކޮށްދޭން އެ ކުންފުނިން ވަނީ ޕޯސްޓެއް ވެސް ކޮށްފަ އެވެ.
ސްޓެލްކޯ އިން ކޮށްފައިވާ ޕޯސްޓް
އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މެއިގެ ބިލް ބޮޑު ކަމަށް ފެންނަނީ އޭޕްރީލްގައި ޑިސްކައުންޓް ދީފައިވާތީ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ