ގާސިމް އަނެއްކާވެސް ހައްޔަރުކުރީ ރާއްޖޭ ހަމަނުޖެހުން ނަގާލުމަށް: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު  ގާސިމް އިބްރާހީމް އަނެއްކާވެސް ހައްޔަރު ކުރީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ގެއްލުވާލާ ރާއްޖޭގެ ހަމަ ނުޖެހުން  އުފެއްދުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ހުކުރު ދުވަހުގައި ކުރެއްވި ޓްވީޓެއްގައެވެ. 
Hon. Qasim unlawfully arrested again. Such actions will destabilise Maldives & the Indian Ocean. International community must take action.
ގާސިމް މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ވަނީ  ހައްޔަރުކޮށް އެހެން ބެހެއްޓުމަކީ، އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ނަޝީދު ވިދާޅުވެފައިވަނީ، ގާސިމް އަކީ ރާއްޖޭގެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ އެހީ ބޭނުންވާ ފަރާތްތަކަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ނަޝީދު  ވަނީ ވިދާޅުވެފައެވެ.
Hon Qasim is a Fmr Minister, sitting MP, biggest employer & a philanthropist. To hold him in solitary is torture & ill-treatment. Shameful.
ޤާސިމް ހައްޔަރުކުމަށް ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނަިއބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހިމް މަޖިލީހުގެ އެކި މެމްބަރުންނަށް ނުފޫޒު ފޯރުވަމުންގެންދާކަމަށެވެ. އަދި ޤާސިމް އިބްރާހިމް ޤާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ސޮއިކުރެއްވާފައިވާ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުމަށް ޤާސިމް އިބްރާހިމް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނައާއި، ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރެވޭތީ އާއި، ޤާސިމް އިބްރާހިމް އިސްވެ ހުންނައިގެން މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭގޮތަށް ވާހަކަދައްކަވަމުންގެންދަވާކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލަތަކަކީ މިހާރު ތަހުޤީޤްކުރަމުންގެންދާ މައްސަލަތަކަކަށްވާއިރު، ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅޭނެކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓިފިނަމަ ނަމަ ހެކި ފޮރުވުމަށް މަސައްކަތްކޮށް، ހެކިދޭންތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ