އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ފަށައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ފަށައިފި އެވެ.
އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ހިތަދޫ ސްވިމިންގ ޓްރެކުގައި ކުރިއަށްދާ އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ކުރިއަށްދަނީ އަންހެން ފިރިހެން ވަކިން ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ، އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އަދި ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީވެސް އޮންނާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މި މުބާރާތުގައި އައްޑޫ ސްކޫލުތަކުގެ އިތުރުން މާލޭގެ ސްކޫލުތަކުންވެސް ވާދަކުރެއެވެ.
އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ފެށިއިރު، އައްޑޫ ސިޓީ ދެވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ދާދި ފަހުން ވަނީ ބާއްވާފައެވެ. މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ސިޓީ ދެވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ކުރިއަށް ގެންދިޔައީ އަންހެން ފިރިހެން ވަކިން ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ