އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އިމާދުއްދީނަށް

މައިލޯ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އިމާދުއްދީން ސްކޫލް ހޯދައިފިއެވެ. އިމާދުއްދީނުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލްގައި އިމާދުއްދީނުން އިސްކަންދަރު ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ފުރަތަަމަ ލީޑު ނެގީ އިމާދުއްދީނެވެ. އެ ގޯލް އިމާދުއްދީނަށް ކާމިޔާބުކޮށްދިނީ ހުސައިން ޝާމިނެވެ. އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ފައިނަލް މެޗުގެ ތެރެއިން: އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިމާދުއްދީން --- ފޮޓޯ/ އެފްއޭއެމް ނަމަވެސް ދެވަނަ ހާފް ފެށިގެން ދެ މިނެޓް ތެރޭގައި އިސްކަންދަރަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އިސްކަންދަރު ސްކޫލަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާއީލް ޔޫހެވެ. މެޗުން އިމާދުއްދީން މޮޅުވި ގޯލް މެޗުގެ 57 މިނެޓުގައި އަހުމަދު ރައިޝާމް ހުސައިނެވެ. އިއްޔެގެ ފައިނަލް މެޗު ނިމުމާއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާއެވެ. އެ ކަމަނާގެ އަރިހުގައި ނެސްލޭ މައިލޯގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހުންނަވާ ދިޝާން ވިޖެޔަވަރުދަނާގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަހަރުގެ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އާލިމް އަހުމަދު ލަތީފެވެ. އެންމެ މޮޅު ކީޕަރަކަށް އިމާދުއްދީން ސްކޫލުގެ ހުސައިން އާލިމް ހޮވިފައިވާ އިރު، މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންވެސް ހޮވައިފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން --- ފޮޓޯ/ އެފްއޭއެމް މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން: އިމްހާދު އަބްދުލް ގައްޔޫމް - ގުރައިދޫ ސްކޫލް ލައްމާހު އަބްދުﷲ - ގުރައިދޫ ސްކޫލް އާލިމް އަބްދުލް ލަތީފު - އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަހުމަދު ރައިޝަމް ހުސައިން - އިމާދުއްދީން ސްކޫލް އަހުމަދު ސަމާހް - އިމާދުއްދީން ސްކޫލް ހުސައިން ޝާވިން - އިމާދުއްދީން ސްކޫލް ޔޫސުފް ސިދާން އަލީ - އިމާދުއްދީން ސްކޫލް އިބްރާހީމް އިމްރާން - އިސްކަންދަރު ސްކޫލް އާދަމް ޚަލަފް މަތީން - އިސްކަންދަރު ސްކޫލް މުހައްމަދު އީކާލް - އިސްކަންދަރު ސްކޫލް މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ގުރައިދޫ ސްކޫލެވެ. މި މުބާރާތް ނިމުމާއެކި މިއަހަރު އެފްއޭއެމްއިން ބާއްވާ އިންޓަ ސްކޫލް ހުރިހާ އުމުރުފުރައެއްގެ މުބާރާތްވެސް މި ވަނީ ނިމިފައެވެ. އެގޮތުން 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފައި ވަނީ މަޖީދިއްޔާ ސްކޫލެވެ. 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ