ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ދޫކޮށްލައިފި އެވެ.
އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ހަސަން ހައްޔަރުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ތުުހުމަތެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މާޝާގެ ޤާނޫނީ ވަކީލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، މާޝާ ދޫކޮށްލާފައިވަނީ، ހޯމަ ދުވަހުގެ 9:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމަށްފަހުގައިކަމަށެވެ.
އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވަނީީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ. އިލްހާމްގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި މާޝާ ހައްޔަރުކުރީ އިލްހާމް ފުލުހުންނަށް ފިލުވައިގެން ގެންގުޅޭ ކަމަށް ތުހްމަތުކޮށްފަ އެވެ.
މާޝާގެ ހަތަރު ދަރިން ތިބެ އެވެ. އޭގެތެރެއިން ތިން ކުދިންނަކީ އިލްހާމާއި މާޝާގެ ކުދިންނެވެ.
އިލްހާމް އާއި މެމްބަރު ސިނާން ގިނަ ދުވަސްތަކެއް ވަންދެން ތައިލެންޑްގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގަތީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ. އެ ދެ ބޭފުޅުން އެއާޕޯޓުން ހައްޔަރުކުރި ބަންދުގެ މުއްދަތު އިތުރުނުކޮށް އެ ދެ ބޭފުޅުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
އެއަށް ފަހު ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައެއްގައި އިލްހާމާއި ސިނާން ހޯދަން އިއުލާނުކުރުމުން، ސިނާނު ވަނީ ހުކުރު ދުވަހު އަމިއްލަ އަށް ޕޮލިހަށް ވަޑައިގެންފަ އެވެ. އެއާއެކު ސިނާނު ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިޔަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ