ހައިކޯޓަށް ނިޔާޒު، ކްރިމިނަލް ކޯޓަށް ހައިލަމްއާއި ޝަހީދު އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ނިޔާޒު އައްޔަން ކުރައްވާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަުމަދު ހައިލަމްއާއި ހުސައިން ޝަހީދު އައްޔަން ކުރައްވައިފިއެވެ.
ޖޭއެސްސީން ބުނި ގޮތުގައި އެ ތިން ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ނިޔާޒަކީ ހދ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
ޝަހީދަކީ ސ.ފޭދޫ ކޯޓުގެ މެޖިސްޓްރޭޓެވެ.
ހައިލަމްއަކީ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ