ހައްޔަރުކުރި 2 މީހުން ވެސް ޑްރެސިން ޓޭބަލް ދަށުން ފެނުނު 19،000 ރުފިޔާއާ ހަވާލެއް ނުވި
ޑުރަގު މައްސަލައެއްގައި މާލެއިން ހައްޔަރުކުރި ދެ މީހުން ވެސް، އެ މީހުން ހައްޔަރުކުރި ގޭގެ ޑްރެސިން ޓޭބަލް ދަށުން ފެނުނު 19،700 ރުފިޔާއާ ހަވާލުވާން ކްރިމިނަލް ކޯޓުގައި މިއަދު ދެކޮޅު ހަދައިފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ 43 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން 43 އަހަރުގެ މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ. އަދި، 25 އަހަރުގެ މީހާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ. އެ މީހާ ވަނީ އެއީ އެ މީހާ ދިރިއުޅުން ތަން ނޫން ކަމަށާއި އެ ތަނަށް ދިޔައީ ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް ބުނެފައެވެ. ދެ މީހުންނަށް ވެސް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ބުނީ، އެ މީހުން ތިބި ކޮޓަރީގައި ހުރި ގުޅިބުރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އެކަމަކު، ދެ މީހުން ވެސް ވަނީ އެއީ އެ މީހުންގެ އެއްޗެއް ނޫން ކަމަށް ބުނެފައެވެ. މީގެ ކުރިން ޑުރަގު މައްސަލައެއްގައި އަތުލައިގެން މަސްތުވާތަކެތި: އެ ފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ ފައިސާ ވެސް ހިފަހައްޓާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޯޓުގައި އަމިއްލަ ތަކެތި ކަމަށް އެއްބަސްނުވި ނަމަވެސް ސީންގައި އެއީ އެ މީހުންގެ ތަކެތި ކަމަށް އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރި ކޮޓަރީގެ ޑްރެސިން ޓޭބަލް ދަށުން 19،700 ރުފިޔާ ފެނުނު ކަމަށް ފުލުހުން ކޯޓުގައި ފާހަގަކުރިއެވެ. އަދި، 25 އަހަރުގެ މީހާގެ ޖީބުގައި އޮތް ވޮލެޓުން ވެސް 2،400 ރުފިޔާ ފެނުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރެއިން 19،700 ރުފިޔާއާ އެއިން އެކަކު ވެސް ހަވާލުވެފައިނުވާ ކަމަށް ބަންދު އަމުރުގައިވެއެވެ. ދެ މީހުން ވެސް ވަނީ އެއީ އެ މީހުންގެ އެއްޗެއް ނޫން ކަމަށް ބުނެފައެވެ. މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުއިރު، އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަތުން އާންމު ގޮތެއްގައި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ