މާދަމާ ރޭ ޕީއެންއެފްއިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ކަރަންޓު ދޫކުރުމަށް ސްޓެލްކޯއިން ދެކޮޅު ހަދާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"ރީސެޓު"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތް ކުރަމުން ދަނިކޮށް، ސްޓެލްކޯއިން އެ ސަރަހައްދަށް ކަރަންޓު ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވި އެވެ.
މަލީހު ތުހުމަތު ކުރެއްވި ގޮތުގައި މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޕީއެންއެފްއަށް ޖެއްސުން ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެކެވެ.
"މީގެ ދެ ދުވަސް ކުރިން ވެސް އެތަނުގައި އިވެންޓެއް ބޭއްވި. ނަމަވެސް މިހާރު ސްޓެލްކޯއިން ބުނަނީ ކަރަންޓު ކޭބަލްގެ މައްސަލައެއް ޖެހުނު ކަމަށް. ރަނގަޅުވާނެ ދުވަހެއް ވެސް ނުބުނޭ،" މަލީހު ވިދާޅުވިއެވެ.
ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ވެސް ސަރުކާރުން ހުރަސްއެޅިކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ، އޭރު ޖަލްސާ ބޭއްވީ މިހާރު ސަރުކާރުން ރޫޅާލާފައިވާ "ބްރިޖް ވިއު" ސަރަހައްދުގައި ކަމަށެވެ. މިފަހަރު ވެސް ކަރަންޓު ނުދިން ކަމުގައި ވިޔަސް، އާޓިފިޝަލް ބީޗުގައި ޖަލްސާ ބާއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ގިނަ ބަޔަކަށް ދައުވަތު އަރުވައިގެން ބާއްވާ މި ޖަލްސާއަކީ ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ރީސެޓްކުރުމަށް ކަމަށް ބުނެ ބާއްވާ ހާއްސަ ހަރަކާތެކެވެ.
ޕީއެންއެފްގެ ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދައިފި: މަލީހު ޕީއެންއެފްގެ ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދައިފި: މަލީހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ