ކުރިން އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭ ގޮތް ހަދައިފި

އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ހައުސިން ސްކީމުތަކަށް ކުރިމަތިލެވޭ ގޮތަށް ހަދާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ. މިހާރު އޮންނަ ގޮތުން، ފުލެޓެއް ލިބިފައިވާނަމަ ހައުސިން ސްކީމްތަކަށް ކުރިމަތިނުލެވޭ ގޮތަށެވެ. އެހެންވެ، ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި އެކި މީހުން ވަނީ، އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ހައުސިން ސްކީމްތަކަށް ކުރިމަތިނުލެވޭ ކަމުގެ ކަންބޮޑުން ފާޅުކޮށްފައެވެ. ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އެ ފަދަ ހުށަހެޅުންތަކަށް ވަރަށް ތަފުސީލީ ގޮތެއްގައި މަޝްވަރާކޮށް، ގޮތެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން، މިދިޔަ ނޮވެންބަރު 16 ގައި އިފުތިތާހުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސްކީމަށް އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު އެފްޑީސީގެ ފުލެޓެއްގައި:ހައުސިން ސްކީމުތަކަށް، އެއް ކޮޓަރީގެ ފުލެޓު ލިބުނު މީހުންނަށް ކުރިމަތިލެވޭ ގޮތަށް ހަދައިފި --- ފޮޓޯ/ ރައީސް އޮފީސް އެ ސްކީމުން ކުރިމަތިލައިގެން މިހާރުގެ ފުލެޓު ދޫކޮށް، ތިން ކޮޓަރީގެ ފުލެޓަށް ބަދަލުވެވޭ ގޮތަށް އުސޫލު އާންމުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމަކުން އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ވެސް [ހައުސިން ސްކީމްތަކަށް] ކުރިމަތިލެވޭނެ. ހޮވިއްޖިއްޔާ [މިހާރު ލިބިފައި ހުރި ތަން] އެ ތަން ދޫކޮށްލާފައި ދާ ގޮތަށް ނުވަތަ ބަދަލުވެވޭ ގޮތަށް އެ ވަނީ ބަދަލުވެފައި،ރައީސް ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދުގައި އެއް ކޮޓަރީގައި އާއިލާގެ ގިނަ މެންބަރުންތަކެއް އުޅެންޖެހޭކަމުގެ ޝަކުވާ ބޮޑެވެ. ސަރުކާރުން މިދިޔަ މަހު އިފުތިތާހުކުރި، "އެންމެންނަށް ބޯހިޔާވަހިކަން" ޚާއްސަކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން 7،500 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ އުސޫލު އޭރު ވަނީ ހާމަކޮށްފައެވެ. https://www.sun.mv/214011 ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، އެތައް ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެ ކަމަށް ކޮންމެ މަހަކު އާއިލާތަކުން ބޮޑެތި ޚަރަދުތައް ކުރެއެވެ. މީގެ އިތުރުން، މީގެ ކުރިން އެކި ސަރުކާރުތަކުގައި ބޯހިޔާވަހިކަމަށް ގޯއްޗާއި ފުލެޓު ދިން ނަމަވެސް، އިންސާފުވެރި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްނުދޭ ކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތަކެއް އަަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ