އެމްއައިބީގެ އިޔާ އެންޑް ޕްރޮމޯޝަން ފަށައިފި؛ އެއްވަނަ އިނާމަކަށް ބާލީ ދަތުރެއް އެމްއައިބީގެ އިޔާ އެންޑް ޕްރޮމޯޝަން ފަށައިފި؛ އެއްވަނަ އިނާމަކަށް ބާލީ ދަތުރެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަގުހުރި އިނާމުތަކަކާއެކު އެ ބޭންކުގެ "އިޔާ އެންޑް ޕްރޮމޯޝަން" ފަށައިފި އެވެ.
އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، އެމްއައިބީގެ ކާޑެއް ބޭނުންކޮށްގެން އެ ބޭންކުގެ ޕީއޯއެސް މެޝިނަކުން 300ރ. އަށްވުރެ ދަށް ނޫން އަދަދެއްގެ ވިޔަފާރި މުއާމަލާތެއް ހިންގަން ޖެހޭނެ އެވެ.
މި ޕްރޮމޯޝަން ވަކި ހާއްސަ ފިހާރަތަކަކަށް ކަނޑައަޅާފައި ނުވާއިރު، އެމްއައިބީގެ ކާޑު މެޝިން ބޭނުންކުރާ ކޮންމެ ތަނަކުން ވިޔަފާރި ކޮށްގެންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި؛
އެމްއައިބީގެ ބިޒްނަސް ވިސާ އަދި ކޯޕަރޭޓް ވިސާ ކާޑުތަކުން ކުރާ މުއާމަލާތްތައް މި ޕްރޮމޯޝަންގައި ނުހިމެނޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.
މީގެ އިތުރުން، އެމްއައިބީއިން ދަނީ އިހުސާން ފިހާރައާ ގުޅިގެންވެސް އިތުރު ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮމޯޝަންގެ ދަށުން އިހުސާން ފިހާރައިން އެމްއައިބީ ކާޑު ބޭނުންކޮށްގެން އެ ބޭންކުގެ ޕީއޯއެސް މެޝިނުން 200 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުން ބައިވެރިވެވޭނެ އެވެ.
މި ދެ ޕްރޮމޯޝަންވެސް ކުރިއަށް ދާނީ އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ