ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އީސީ އިން ބުނާ މެމްބަރުންނާ ގުޅޭ ގޮތުން ސާފު ބަހެއް ބުނަން ޖެހެނީ އެތައް ހާސް ރައްޔިތުންގެ ވަކީލުންނާ ގުޅޭ ކަމަކަށްވާތީ ކަމަށެވެ. އަދި މިކަން ލަސްކުރުމަކީ ކޯޓުގެ އިހުމާލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Majlis ge memberunge therein gon'di gellunukamah EC in bunaa memberunai gulhey gothun saafu baheh SC in bunanjehey. SC in saafu kohdheyn mi jehenee ethah haas rayyithunge vakeelunai gulhey kameh. Mi kan laskurevvumakee SC ge ihmaal eh— Mohamed Nasheed (@MohamedNasheed) January 17, 2018
ނަޝީދު ކުރެއްވި ޓުވީޓު.ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވާ އިދިކޮޅު މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށެވެ.
Supreme courtun baheh nubune thibegen nuvaane: Maumoon
Mihaaru
މަޖިލީހުގެ، އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ. މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް މެމްބަރުން ކޯޓަށް ވަޑައިގަންނަވަ އެވެ. އެކަމަކު، އެއްވެސް މެމްބަރަކަށް ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް އަދިއެއް ނުވެ އެވެ.
މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އީސީ އަށް ވަނީ އަމާޒުވެފަ އެވެ.
މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަން ޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ