ރައްޔިތުން އެދޭ ކަންކަން ފެނި އަޑު އިވިއްޖެ: އުމަރު

ރައްޔިތުން އެދުންތައް ފެނި އަޑުއިވިއްޖެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަކީ ކަންކަމަށް އިޖާބަދޭ އަދި ޒިންމާދާރު ސަރުކާރެއް ކަމަށެވެ. އަދި ރައްޔިތުންގެ އެދުންތައް ފެނި އަޑުއިވިއްޖެ ކަމުގައިވެސް އުމަރުގެ ޓްވީޓްގައި ވިދާޅުވި އެވެ.
ރައްޔިތުންގެ އެދުންތައް ފެނި އަޑުއިވިއްޖެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދުގެ ބޮޑު އެއްވުމުގެ ފަހުން ވިދާޅުވެފައިވާއިރު ރޭ ދިޓީވީގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ޖޭޕީ- އެމްޑީޕީ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވާނީ ގިނަވެގެން 5000 މީހުން ކަމަށެެވެ. ނަމަވެސް މިނިސްޓަރު އުމަރު ލަފާކުރެއްވި އަދަދަށްވުރެ ބޮޑު އެއްވުމުގެ ބައިވެރިންގެ އަދަދު ދެ ގުނަ އިތުރުކަން ފާހަގަވެ އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" މިނަމުގައި މިއަދު ކުރިއަށް ދިޔަ ބޮޑު އެއްވުމުގައި އިދިކޮޅު ފަރާތްތަކުން އެދޭ އެދުންތައް ސަރުކާރަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އެގޮތުން އެމަނިކުފާނު ވަނީ 13 ކަމެއް ކުރުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ ފަރާތުން ގާސިމް އިބްރާހިމް އެދިވަޑައިގެންނެވި ކަންކަން އަޑު އިވުނު ކަމަށް މިހާތަނަށް ވިދާޅުވި ސަރުކާރުގެ ހަމައެކަނި ވަޒީރަކީ އުމަރު ނަސީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ