ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ އަދި މަހިބަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް ހުށައަޅައިފިއެވެ.
މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ސުނިލް އެވެ. މި ދާއިރާގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން މި ދާއިރާއަށް ވާދަކުރެއްވި އަހުމަދު ތޯރިގު (ޓޮމް) އެވެ. ނަމަވެސް އިންތިހާބު ކާމިޔާބުވުމަށްފަހު ޓޮމް ވަނީ ދާދިފަހުން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ވިލިނގިލި ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދުނީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދެވެ. ވިލިނގިލި ދާއިރާގެ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސެއިންއެވެ.
މަހިބަދޫ އަދި ވިލިނގިލި ދާއިރާގެ މައްސަލައާ އެކު ޖުމްލަ 8 ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ދާއިރާތަކަކީ ފުނަދޫ ދާއިރާ އާއި ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ފެލިދޫ ދާއިރާއެވެ.
މީގެއިތުރުން ކުރެންދޫ ދާއިރާގެ ވޯޓުފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ހައި ކޯޓުގައި އެދިފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30. ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ
ވިލިނގިލި އަދި މަހިބަދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ވެސް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ