މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަރިއަހަށް، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމު އިހުތިރާމުގެ ޒިޔާރަތެއް ބުރާސްފަތިދުވަހު ކުރައްވައިފި އެވެ.
ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި މެލޭޝިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫނުގެ ޒަމާއަތުގައި ރާއްޖެ އަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވައި ޑރ. މަހާތީރު ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް މައުމޫނުގެ ރިޔާސީ ދައުރުގައި އެމަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތިން ޑރ. މަހާތީރާ ބައްދަލުކުރައްވާފަ އެވެ.
ރައީސް މައުމޫނު ވަނީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. ހައިކޮމިޝަނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ޒަކީ އާއި ހައިކޮމިޝަނުގެ މުވައްޒަފުން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ އަރިއަހަށް ކުރީގެ ރައީސް މައުމޫނު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ