ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ކޮންމެ އަހަރަކު ބާއްވާ 'ތެވެލި' ބައިނަލްއަގުވާމީ ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 25ގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - 18 އިން 20 އޮގަސްޓަށް ބާއްވާ 'ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2025'ގެ ތީމަކީ 'އިވޯލްވިން ޕެރަޑައިމްސް: މާޖިން ރިސާޗު، އެވިޑެންސް އެންޑް ޕްރެކްޓިސް' އެވެ.
ތަފްސީލް - 2017 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސްގައި މި އަހަރު އެމްއެންޔޫން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި:
ބެޗެލާސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަކޮށްގެން ދަރިވަރުންގެ މެދުގައި ދިރާސާކޮށް ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލްކަން އިތުރުކުރުމަށް ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމެއް ބާއްވާނެ؛ މި ސިމްޕޯޒިއަމް އޮންނާނީ 18 އޮގަސްޓުގައި
އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި އަދި އަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ
ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ވަޑައިގަންނަވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިލްމީ ބޭފުޅުން ނަންގަވައިދެއްވާ 'ޕޯސްޓް ކޮންފަރެންސް ސެޝަންސް' އޮންނާނީ 21 އޮގަސްޓުގައި
ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް:
ޕޭޕަރުތަކުގެ ތެރެއިން 'އައުޓްސްޓޭންޑިން ޕޭޕަރު އޮފް ދަ ކޮންފަރެންސް' އަދި 'އާލީ ކެރިއަރު ރިސާޗަރު' އެވޯޑް ދޭނެ
އެމްއެންޔޫގެ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކުގައި އެންރޯލްވެ ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމް ތެރެއިން 'އަންޑަގްރެޖުއޭޓް ރިސާޗު އެކްސެލެންސް އެވޯޑް' އަދި 'ބެސްޓް ފެކަލްޓީ އެވޯޑް' ވެސް ހޮވާނެ
ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025ގެ އެބްސްޓްރެކްޓް ބުކް ތެވެލި ކޮންފަރެންސް ވެބްސައިޓުގައި ޕަބްލިޝްކުރާނެ އެވެ.
މީގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗު (އެމްއެންޖޭއާރު)ން މި ކޮންފަރެންސަށް ހާއްސަކޮށް ނެރޭ އަަދަދުގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޝާއިއުކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
އެމްއެންޔޫގެ 'ތެވެލި' ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ