ކުއާލަ ލަމްޕޫރުން ހުސައިން ފިޔާޒު މޫސާ
މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު، އެމްޑީޕީ އިންތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި( ކާމިޔާބު ކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރުމަށް މެލޭޝިޔާގައި ތިބި އެމްޑީޕީ އިއްތިހާދުގެ ސަޕޯޓަރުން ރޭ ހަފުލާއެއް ބާއްވައިފި އެވެ.
މެލޭޝިޔާގެ ސަންވޭގައި ހުންނަ ސުރިޔަމަސްގައި ކެއުމާއި މިއުޒިކާއެކު ބޭއްވި މި ހަފުލާ އަށް ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ދިވެހިން ދިޔަ ކަމަށް އިންތިޒާމު ކުރިން ފަރާތުން ބުންޏެވެ.
"ރައްޔިތުންނަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބެއް. އެހެންވުމުން އެ ކަމުގެ އުފާ ފާޅުކުރަންޖެހޭނެތާ،" ރޭ ބޭއްވި ހަފުލާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި އަބްދުﷲ ފަޔާޒު ބުންޏެވެ. "މި ހަފުލާ މި ބޭއްވީ އެމްޑީޕީ އިއްތިހާދުގެ ބައެއް ސަޕޯޓަރުންގެ އެހީތެރިކަމާއެކު."
ެ އެ ފަހުލާގައި ވާހަކަ ދެއްކި، އިބްރާހީމް މުހައްމަދު ބުނީ، ވެރިކަން ބަދަލުކުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެމްޑީޕީ އިއްތިހާދުގެ ވައުދުތަކާ އެއްގޮތަށް ރައްޔިތުންނަށް އިހްލާސްތެރިވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ހަފުލާގައި ބައިވެރިވި އަންހެން ކުއްޖަކު ބުނީ، އާ ވެރިކަމެއް ދުށުމުގެ އުފާ ވަރަށް ބޮޑަށް އިހްސާސްކުރާ ކަމަށެވެ.
"މި ކަމުގެ އުއްމީދުގައި )އާ ވެރިކަމެއް ދުށުމުގެ އުއްމީދު( ހުންނަތާ މިހާރު ވަރަށް ދުވަސް ވެއްޖެ،" ނޫހުގައި ނަން ޖެހުމަށް ބޭނުން ނުވާ 25 އަހަރުގެ އެ ޒުވާނާ ބުންޏެވެ.
މެލޭޝިޔާގައި ވޯޓުލި، 1144 މީހުންގެ ތެރެއިން އަންނި އަށް 825 ވޯޓު ލިބިވަޑައިގެންފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަތީ 303 ވޯޓެވެ.
ރިޔާސީ އިންތިހާބު އަންނި ކާމިޔާބުކުރެއްވުން ފާހަގަ ކުރުމަށް މެލޭޝިޔާގައި ހަފުލާއެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ