ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެމަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އިންޓަވިއު ކުރުމަށްފަހު، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން އެ މަގާމަށް ހުޒައިފާ “ހައިލީ ރިކޮމެންޑެޑް” ބޭފުޅެއް ކަމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައެވެ.
ހުޒައިފާ މުހައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯވ ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވާ ހޯމަ ދުވަހުއެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ