ރާއްޖެއަށް އެތެރެކޮށް އަދި ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަށް ބަދަލުގެނެސްފި އެވެ.
މި ބަދަލުގެނައީ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދަށް ގެނައި އިސްލާހުގަ އެވެ.
މި ބަދަލުގެދަށުން ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާ 20.000 (ވިހިހާސް) އެމެރިކާ ޑޮލަރު، ނުވަތަ އެއަށްވުރެ ގިނަވާނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަން ވަނީ އަންގާފައެވެ. އަދި އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ފައިސާވެސް ރާއްޖެ އެތެރެކޮށް ބޭރުކުރާނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންޖެހެ އެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވާއިދު ކުރިން އޮންނަގޮތުން 30،000 (ތިރީސް ހާސް) އެމެރިކާ ޑޮލަރު ނުވަތަ އެއަދާ އެއްވަރުގެ ކަރަންސީއެކެވެ.
ރާއްޖެ އެތެރެކޮށް ބޭރުކުރާ ފައިސާ ރިޕޯޓްކުރަންޖެހޭ އަދަދަށް ބަދަލުގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ