ލަންދޫ ކައުންސިލްގެ ނާއިބު ރައީސް ކައުންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދީފި

ނ.ލަންދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ އަމްޖަދު ލަންދޫގެ ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ސީއެމްއެމްއަށް މައުލޫމާތު ދެއްވަމުން މިވަގުތު ޗުއްޓީއެއްގައި ހުންނެވި ލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޒު މިއަދު ވިދާޅުވީ އަމްޖަދު އިސްތިއުފާ ދެއްވި ހަބަރު ލިބިފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"އަމްޖަދަކީ ވަރަށް ޓެލެންޓެޑް ކިޔަވައިގެންހުރި ވަރަށް ބުރަކޮށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެއްވި ބޭފުޅެއް، ކައުންސިލަރުންގެ ތެރެއިން އަޅުގަނޑު އެންމެ އިތުބާރު ކުރައްވާ އެންމެ މަސައްކަތްތެރި ތެރި ބޭފުޅާ، ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި، އެހެންކައުންސިލަރުންވެސް ވަރަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ، ކައުންސިލަރުންގެ ތެރޭގައި މައްސަލަތަކެއް ނޫޅޭ، ގުޅިގެން މަސައްކަތް ކުރަނީވެސް، ހާއްސަކޮށް އަޅުގަނޑާއި އަމްޖަދަކީ ވަރަށް ގުޅުން ރަގަނޅު ދެމީހުން،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ އަމްޖަދު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކައުންސިލަރުން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތް ރައްޔިތުން ބަލާނުގަންނާތީކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަލުގަނޑަށް ބޮޑަށް ލަފާކުރެވެނީ ކުރާމަސައްކަތް، ރައްޔިތުން ބަލައިނުގަންނާތީކަމަށް އިސްތިއުފާ ދެއްވީ،" ފަޔާޒް ވިދާޅުވިއެވެ.
ސީއެންއެމްއިން އަމްޖަދުއަށް ގުޅާލުމުން ވިދާޅުވީ މިވަގުތު މިއުޅެނީ ވަރަށް ބުރަކޮށްކަމަށާއި އިސްތިއުފާގެ ސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.
"އިސްތިއުފާގެ ސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވައިފިން، ސިޓީގައި ސަބަބު ބަޔާންކޮށްފައިވާނެ،" ކައުންސިލްގެ އިދާރާއަށް ގުޅުމަށް ބުނެ އަމްޖަދު ވިދާޅުވިއެވެ.
ލަންދޫ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް އަކީ އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވެވަޑައިގެންފައިވާ ދެބޭފުޅުންނެވެ. ކައުންސިލްގައި ހިމެނެނީ އަމިއްލަގޮތުން ކައުންސިލަށް ވާދަކޮށް އިންތިހާބުވި ތިން މެމްބަރުންނާއި އެމްޑީޕީ މެމްބަރަކާއި އަދާލަތު ޕާޓީގެ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ