ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލަރޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެތީ ދެކުނުގެ އަތޮޅުތަކަށް ހުދު އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހުދު އެލާޓު ނެރެފައިވަނީ މާލެ އަތޮޅާއި އައްޑުއަތޮޅާއި ދެމެދުގެ އަތޮޅުތަކަށް މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށެވެ.
މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ