ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ މައުމޫން: ރައީސް ނަޝީދު

ރާއްޖެދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް މައުމޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ރައީސް ނަޝީދު ރައީސް މައުމޫނަށް ތައުރީފް ކުރައްވާފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ރައީސް މައުމޫނަށް މަރުހަބާ ވިދާޅުވުމަށްފަހު ވިދާޅުވެފައިވަނީ ރާއްޖެދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ޝަހުސިއްޔަތަކީ އަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުކަމަށެވެ. ނަމަވެސް ރައީސް މައުމޫން މިއަދު ހުންނެވީ އެމަނިކްފާނަށްވުރެ ކުރީގައިކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް މައުމޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ތައުރީފް ކުރައްވާފައި މިވަނީ މިހާރު އޮތް ޕީޕީއެމްގެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު ރައީސް މައުމޫން އަނބުރާ ގެނެސްފައިވާކަން ހާމަކޮށްފައިވާ ވަގުތެއްގައެވެ.
އަދި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫން ފާޅުގައި ވާހަކަފުޅު ދައްކަވަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރުންގެ ތެރެއިން ރައީސް މައުމޫނާއި ގުޅިގެން ވަކި ޕީޖީ ގުރޫޕެއް ހެއްދެވުމަށް ނިންމެވި މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް މައުމޫންގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވުމަށްވެސް އެ މެންބަރުނަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ 8 މެންބަރަކު ވަނީ ރައީސް މައުމޫނަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ