އިޒްރޭލު ސިފައިން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާ ދީ ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ކޮށްލައިފި އެވެ.
އިޒްރޭލު ސިފައިން އިއްޔެ ހިންގި މި ޖަރީމާ ހިންގާފައިވަނީ އިޒްރޭލުގެ އޫރު ސަލީމް ސަހަރާއި އިންވެގެން އޮންނަ ފަލަސްތީނުގެ ކަލަންދިޔާ ސަހަރުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގަ އެވެ. އިޒްރޭލުގެ މި ހަމަލާގައި އެކަކު ޝަހީދު ވެފައިވާއިރު 10 މީހަކު ޒަހަމް ވެފައި ވެ އެވެ.
މި ކަމާއި ބެހޭގޮތުން އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ މިކަން ހިނގަން މެދުވެރިވީ އިޒްރޭލު ސިފައިންގެ ދެމީހަކަށް އޮޅިގެން އެ ރެފިއުޖީ ކޭމްޕަށް ވަދެވުމުން ރެފިއުޖީ ކޭމްޕުން ސިފައިންގެ އެ ދެ މީހުންނާ ދިމާކޮށްލުމުން ކަމަށެވެ.
އިޒްރޭލު ސިފައިންގެ އެ ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 22 އަހަރުގެ އިޔާދު އޮމަރު ސަޖްދިއާ ކިޔާ ދަރިވަރެކެވެ.
މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުަގއި 178 މީހަކު ޝަހީދުވެފައި ވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ އެކަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ