ވެރިކަމުގެ ބާރަކީ ރައްޔިތުން: މެމްބަރު އަބްދުﷲ

ވެރިކަމުގެ ބާރަކީ ރައްޔިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު އަބްދުﷲ މީގެ ކުޑައިރުކޯލެއްގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ދީނައި މިނިވަންކަމާއި އިސްތިގުލާލްވެސް ދެމެހެއްޓޭނީ ރައްޔިތުން ތިބެގެން ކަމަށާއި ރައްތިތުންނަށް އަނިޔާވެރިވެ ގާނޫނު އަސާސީ އާއި ގާނޫނު ތަކަށް ތަބާ ނުވާ ވެރިޔަކު އަޒުލު ކުރަން ޖެހޭ ކަމަށެވެ.
މެމްބަރު އަބްދުﷲ މިހެން ވިދާޅުވިިއިރު، އެބޭފުޅާ ދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ތަފާތު ޓްވީތައް ވެސް ކުރައް ވަމުންނެވެ. އެގޮތުން ރައީސް ޔާމިން ސަރުކާރު ގާގޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ މަސައްކަތުގައި ވެސް އަބްދުﷲ ދަނީ އިސްކޮށް ބައިވެރި ވަމުންނެވެ.
ސަރުކާރުން ގާނޫން އަސާސީއާއި ގާނޫންތަކާއި ހިލާފަށް ކުރަމުންދިޔަ ކަންކަން ހުއްޓުވުމަށް ޕާޓީތަކުން ގުޅިގެން މަސައްކަތް ފެށީ، ސިޔާސީ ލީޑަރުން ފްރޭމްކޮށް ޖަލަށްލާ، ނުހައްގު ޝަރީއަތްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވަން ފެށުމުންނެވެ.
މިމަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވުމަށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް ދެ ފަނޑިޔާރަކާއި، ރައީސް މައުމޫނާއި، ބައެއް އެހެން ބޭފުޅުންވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ