މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.
މައުމޫން އެމްއާރްއެމް ރަޖިސްޓްރީ ކުރަން ނިންމާފައިވާ އިރު، މައުމޫނުގެ ކުރީގެ ޕާޓީ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ކަނޑައެޅި ކޮންގްރެސް ސައްހަކަމަށް އިއްޔެ ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.
އަސާސީ ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ ކޮންގްރެސް ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕީޕީއެމްގެ މެންބަރުން ނޫން މީހުން ވެސް ކޮންގްރެސްގައި ވޯޓު ދީފައިވާތީއެވެ.
ޕީޕީއެމް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުން ނިންމާފައި ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އިންތިޚާބުތަކާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ޕީޕީއެމްގެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބުތަކާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައި ބޭއްވި ކޮންގްރެސްއެއް ކަމަށް ހައިކޯޓުގެ ޙުކުގައި ވެއެވެ.
ތަފްސީލު އަންނަނީ...
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެެ ގޮތުގައި ރަޖިސްޓްރީ ކުރަން މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ