ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނީ ކޮންބައެއް ކަން އެނގިގެން: އެޗްޑީސީ

ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނީ އެއީ ކާކުކަން އެނގިގެން ކަމަށް ހުޅުމާލެ ޑިވެލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ފެސިލިޓީ އާއި ލޯނުތަކާއި، އެކުންފުނިން މެނޭޖް ކުރުމުންދާ ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ބޭންކްގެ އެއްވެސް ޚިދުމަތެއް މެދުވެރިކޮށް ފައިސާ ދައްކަމުން ގެންދާ  ފަރާތްތަކުން ދައްކާފައިވާ ފައިސާއަކީ ކޮންފަރާތަކުން ޖަމާކޮށްފައިވާ ފައިސާއެއްކަން ވަކި ނުވާ ގޮތަށް އެކުންފުނީގެ އެކައުންޓަށް ޖަމާ ކުރެވެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 
އެހެންކަމުން އެފަރާތްތަކުގެ ފެސިލިޓީ/ލޯނު އެކައުންޓްތަކަށް އެފައިސާ ކްރެޑިޓް ކުރެވޭނީ އެއީ ކޮން ބައެއް ކަން ފާހަގަ ކުރެވިގެން ކަމުގައި ވާތީވެ، އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުންފުނީގެ ނަންބަރ: 3000125/3000101/3000133 އަށް ގުޅައި ފައިސާ ޖަމާކުރެވިފައިވާ ކަމުގެ ޔަޤީންކަން ނުލިބިވާ ފަރާތްތަކުން، އެފަރާތެއްގެ ފެސިލިޓީ/ލޯނު އަކުއުންޓަށް ފައިސާ ޖަމާ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ދަންނަވާ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ކުރިޔަށް އޮތްތަނުގައި މިކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ ޖަމާކުރާ ފަރާތުގެ ފެސިލިޓީ / ލޯނު ނަންބަރ ނުވަތު އައިޑެންޓިޓީ ކާޑު ނަންބަރު އެނގޭނޭ ފަދަ ގޮތަށް ލިޔުއްވުމަށް ފަހު އެކުންފުންޏަށް ފޮނުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ