ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ކޯޓަށް ހާޒިރުކޮށްފައިވަނީ ޝަރުއީ ދާއިރާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަވާ ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.
މައުމޫން ހަމީދު މިއަދު މެންދުރުފަހު 2:00 ޖަހާ އެހާއިރު ކޯޓަށް ހާޒިރުކުރި މަންޒަރު ވީނިއުސްގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
މައުމޫން ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓްގައި އޮތީ "ކޯޓުގެ ބޭނުމަށް" ހާޒިރުކުރާ ކަމަށެވެ.
ޝަރުއީ ދާއިރާ އިން ނިންމާ ބައެއް މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަކީ މައުމޫން ކުރައްވާ ކަމެކެވެ.
މައުމޫން ހަމީދަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އަލްމަރުހޫމް އަބްދުﷲ ހަމީދުގެ ދަރިކަލެކެވެ.
މައުމޫން ހަމީދު މިއަދު ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ