އައިޖީއެމްއެޗްގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ނިންމައިފި

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ހިންގާ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އައިޖީއެމްއެޗްގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.
ވީކިހިނެއް؟ - ރައީސް މިކަން އިއުލާން ކުރެއްވީ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ކަވަރު ކުރާ އަދަދު 1،000ރ. އިން 2،000ރ. އަށް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ރައީސް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ނަންބަރު އައިނުގެ ވިޔަފާރި ފެށުމަށް ނިންމީ އާސަންދައިން ކަވަރުކޮށްދޭ ފައިސާގެ އަދަދު މަތިކުރީތީވެ އޭގެ ނާޖާއިޒު ފައިދާ ޕްރައިވެޓް ސެކްޓާއިން ނަގަން ފުރުސަތު ދޭން ސަރުކާރުން ބޭނުން ނުވާތީ އެވެ.
އައިޖީއެމްއެޗްގެ އިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "ޕްރައިވެޓް ސެކްޓާގެ އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. ދެން ޕްރައިވެޓް ސެކްޓާގައި ވެސް މި ކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗްއާ ކޮމްޕީޓްކުރަން [ވާދަ ކުރަން]. އެ ފެންވަރުގެ އައިނާއި ދުނިގަނޑު ޕްރައިވެޓް ސެކްޓާއިން ވެސް ޖެހޭނީ ހައްދައިދޭން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ