3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންޔާގެ ކުންފުންޏަކުން ފުރަތަމަ ފަހަރަށް އިންސާނުންގެ މަސްނޫއީ ގުނަވަންތައް އުފައްދަން ފަށައިފިއެވެ.
ކެންޔާގެ ކުންފުންޏެއް ކަމަށްވާ ޕްރޮތިއާގެ މި އާދަޔާ ހިލާފު މަސައްކަތުގެ ސަބަބުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ދެކެލައްވައެވެ.
ޕްރޮތިއާއިން އުފައްދާފައިވާ މަސްނޫއީ ގުނަވަން ބޭނުން ހިފަމުންދާ ފަރާތެއް ކަމުގައވާ ސްޓީފަން އޮޗިއެން ބުނީ، އެ ކުންފުނިން އުފައްދާ އަތްފައި ވަރަށް ލުއިފަސޭހަ ވެފައި އަދި އަގުހެޔޮ ކަމަށެވެ.
އޭނާގެ ދެފައި ބުރިކޮށްލަން ޖެހުނީ ދާދިފަހަކުން ދިމާވި ހިތާމަވެރި ހާދިސާއެއްގައި ރޭލެއްގެ ދަށަށް ވެއްޓުމުގެ ސަބަބުންކަމަށް އޭނާވަނީ ބުނެފަ އެވެ.
ޕްރޮތިއާގެ މަސްނޫއީ އަތްފައިގެ ބޭނުން ހިފަމުންދާ އަނެއް ފަރާތަކީ 24 އަހަރުގެ ސިންޑީ ޗެރޮޓިޗްއެވެ. އޭނާގެ އެއް ފައި ގެއްލުނީ މޮޓޯސައިކަލް އެކްސިޑެންޓެއްގައެވެ. ސިންޑީ ބުނީ މަސްނޫއީ ފައިގެ ސަބަބުން އޭނާއަށް އަމިއްލަ މިނިވަންކަން އަލުން ހޯދިފައިވާ ކަމަށެވެ.
ޕްރޮތިއާ ކެނިޔާގެ ބާނީ ޑރ.ނިކް ވެރެ ވިދާޅުވީ، 3ޑީ ޕްރިންޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މަސްނޫއީ އަތްފައި ބޭނުންވާ މީހާއަށް ހާއްސަކޮށްގެން ފަރުމާކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ބަލިމީހާގެ އަތްފައި ސްކޭންކޮށްގެން އެ މީހަކަށް އެންމެ އެކަށީގެންވާ ގޮތަށް މަސްނޫއީ ގުނަވަން އުފެެއްދޭނެ އެވެ.
މި އައު ޓެކްނޮލޮޖީގެ ސަބަބުން ކެންޔާގެ އިތުރުން އެހެން ގައުމުތަކުގެ އެތައް ރައްޔިތުންނަކަށް އެމީހުންގެ އަނދިރި ހިތާމަވެރި ދިރިއުޅުން އުފާވެރި ކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޑރ.ނިކް ވިދާޅުވި އެވެ.
ކެންޔާއަކީ އިރުމަތީ އެފްރިކާގައި ވަރަށް އާބާދީ ބޮޑު އަދި އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމެކެވެ. ނަމަވެސް، އެ ގައުމުގައި ވެސް ސިއްހީ ހިދުމަތްތައް ލިބުމުގައި ގޮންޖެހުންތަކެއް ހުރެއެވެ. ހާއްސަކޮށް މަސްނޫއީ އަތްފައި ފަދަ ހާއްސަ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރެއެވެ.
މީގެ ކުރިން ކެންޔާގައި މަސްނޫއީ އަތްފައި އުފައްދަމުން އައީ ބޭރު ގައުމުތަކުން އިމްޕޯޓުކޮށްގެން ނުވަތަ އާދައިގެ ގޮތްތައް ބޭނުންކޮށްގެންނެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް މަސްނޫއީ އަތްފައި ލިބުމަށް ގިނަ ދުވަސްތަކެއް ހޭދަވެ، އަދި އަގު ވެސް ބޮޑުވެ.
ކެންޔާގައި 3ޑީ ޕްރިންޓަރުން މަސްނޫއީ އަތްފައި އުފައްދަނީ ކެންޔާގައި 3ޑީ ޕްރިންޓަރުން މަސްނޫއީ އަތްފައި އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ