ދެއްވަން ވައުދުވެވަޑައިގެންނެވި ހިރިނައިދޫ، ނެއްލައިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

ރިޔާސީ އިންތިޚާބަށްފަހު، ހދ. ނެއްލައިދޫ ރައްޔިތުންނަށް ދެއްވަން ވައުދުވެވަޑައިގެންނެވި އެ ރަށް ކައިރި އޮންނަ ހިރިނައިދޫ، އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނީ އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ މިއަދު ނެރުއްވި ނަންބަރު، 13/2025 ޤަރާރުން ކަމަށެވެ. މިއަދު ނެރުއްވި ހދ. ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ