ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މާދަމާ، ދުއާތުންގެ މަޖްލީސް އިފްތިތާހު ކުރާނެ

ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހް ކުރުމުގެ ހަފްލާ މާދަމާ ބާއްވަން ނިންމައިފި އެވެ.
އެ ހަފްލާ އޮންނާނީ މާދަމާ ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި ހަފްލާގައި ފަންސާހަކަށް ދީނީ އިލްމުވެރިން ބައިވެރި ވަޑައިގަންނަވާނެއެވެ.
ސަލަފުގެ މަޖްލިސުއްދުޢާތު އިފްތިތާހް ކުރުމުގެ ހަފްލާއަށް ފަހު މާދަމާ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު "ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025" މަސައްކަތު ބައްދަލުވުން ކުރިއަށް ދާނެކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
Advertisement
މި މަސައްކަތު ބައްދަލުވުމުގައި ދަރުސް ދިނުމުގެ ތަފާތު ހުނަރު ތަކާއި ބެހޭ ފަންނީ ހުނަރު ތަކާ ބެހޭ ހާއްސަ ސެޝަންތައް ކަމާބެހޭ ތަޖުރިބާކާރުން ނައްގަވާދެންވާނެއެވެ.
އެގޮތުން ދިވެހި ބަހުގެ ގަވާއިދާ ތަގުރީރު ކުރުމުގެ ހުނަރު ތައް އަދި އިމޯޝަނަލް އިންޓެލިޖެންސް ފަދަ ސެޝަންތައް ހިމެނެއެވެ.
މީގެ އިތުުރުން ތަފާތު އިލްމުވެރިން ދަރުސް ދެއްވާ ގޮތާ ބެހޭގޮތުން އެބޭފުޅުންގެ އަމިއްލަ ތަޖުރިބާއާއި ދިވެހި ރާއްޖޭގެ ދީނީ ހޭލުންތެރި ކަމުގެ ތާރީހާ ބެހޭ ޕެނަލް ޑިސްކަޝަން އެއްވެސް ކުރިއަށްދާނެއެވެ.
އަދި ދައުވަތުގެ މައިދާނުގައި ދިމާވާ ތަފާތު އެކި އެކި ކަންކަމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުންވެސް ކުރިއަށް ދާނެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީހުގައި މި ވަގުތު 63 އިލްމުވެރިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ