ބީރައްޓެހި 138
"ތިބާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުކޮށް ހަމްދުކުރާން ނޭގޭ މީހުންނަށް އުފާވެރިކަމެއް ނުލިބޭނެއެވެ. ހަޔާތުގެ ކޮންމެ ވަގުތުކޮޅެއްގައި "އަލްހަމްދުލިﷲ" ކިޔަން އާދަކުރާށެވެ. އުފަލާއި ހިތާމައިގެ ވަގުތުގައިވެސް މެއެވެ." *** "ނޫން ނޫން......"މިރެލް ހަޅޭއްލަވަންފެށިއެވެ. އޭނަ އެކަމާއި ފަރުވާލެއްނެތި ކިހިލީގައި ޖެހިގޮތަށް ގޮސް ދޮރު ލައްޕައިލަން އުޅުނެވެ. އެކަމަކު ނުފެންނަ ބާރަކުން ދޮރުގައި ހިފަހައްޓައިގެން ހުރިފަދައެވެ. ނޫނީ ތަނެއްގައި އަޅައިގަތީހެއްޔެވެ؟ އޭނައަށް ސިހުމެއް ލިބުނެވެ. ދޮރުފަތުން ދޫކޮށްލެވުނެވެ. ކުޑަކުޑަ މުގޮށްޓެއް ދޮރުމަތިން ހުރަސްކޮށްލުމުން ސިހިފައި އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިރެލް ދެފައި ތަޅަމުން ރޮމުން ދިޔައެވެ. އަޑު ހަރުވެގެން ކެނާންއަށް އެތަނަށް ނުކުމެވުނުއިރު ފެނުނީ ދޮރުމަތީގައި ހުރި އިސްކޮޅުން ދިގު ހިޔަންޏެކެވެ. ހުޝާލް ހުރީ ގޭގެ މައި ދޮރު ކައިރީގައި ހުއްޓިލައިގެންނެވެ. އޭނާގެ އަތްތިލަ ވަނީ ދޮރުގެ ތަޅުގައި ވަށައިލެވިފައެވެ. ކުއްލިއަކަށް އާދަޔާ ޚިލާފަށް ފިނިވެގެން ދިޔުމާއެކު، އޭނާގެ ނޭވާވެސް ފިނީގެ ސިފައިގާ ފެންނަން ފެށިއެވެ. މި ފިނިކަމަކީ މޫސުމުގެ ސަބަބުން އައި ފިނިކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެ ފިނިގަނޑު ވަނީ ކުޑަދޮރުތަކުގައި ވަކި ހިއްޕާލައިގެން، ފާރުތަކުގެ ތެރެއިން ގެއަށް ވަދެފައެވެ. އޭނާ ފަހަތަށް ބަލައިލި ވަގުތު، ފުރޮޅުލީ ގޮނޑީގެ އަޑު އިވުނެވެ. ކެނާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ހުޝާލަށެވެ. ދެން މިރެލްގެ ކޮޓަރީގެ ދޮރަށެވެ. އެއަށްފަހު ގޭގެ މަގުމަތީ ދޮރާ ދިމާ ފާރުގައި ފެންނަން ހުރި ހިޔަންޏަށެވެ. އަނެއްކާވެސް ގެއްލިފައި އަލުން ލޯމައްޗަށް އެ ހިޔަނި ފެންނާން ފެށިއެވެ. މަޑުމަޑުން ކުލަގަދަވަމުން އައެވެ. އަލީގެ ސަބަބުން އުފެދޭ ހިޔަންޏެއް ކަމަށް ބެލެވޭވަރަށްވުރެ މާ އަނދިރިއެވެ. މިފަހަރު އަޑެއްވެސް އިވެންފެށިއެވެ. މީހަކު ދުރުގައި ހުރެ ރޮނީހެން ހީވިއެވެ. ބައެއްފަހަރު ގަޔާއި ކައިރިންނެވެ. ސީލިންއާއި ތަޅުންގަނޑުގެ މަތިންވެސްމެއެވެ. އެ އަޑު ހައްތާ ބާރުވިއެވެ. ހީވަނީ ގޭތެރޭގައި ހުރި ރޫހާނީ އެއްޗަކަށް ދިރުން ލިބެމުން ދާ ހެންނެވެ. ކެނާންގެ ނޭވާ ހުއްޓުނެވެ. އޭނާގެ އަތް ދިއްކޮށްލީ ފައިވާން ހުންނަ ހަރުގެ ކައިރީގައި ބަހައްޓާފައި ހުރި ކުނިކަހާ ފިހިގަނޑަށެވެ. ފުރޮޅުލީ ގޮނޑީގެ ފުރޮޅުތަކުން މަޑު އަޑެއް އިވުނެވެ. އޭނާ ކުރިއަށް ޖެހިލިއެވެ. އަދި ކުއްލިއަކަށް ފެނުނީ ދެފައި ބިންމަތީގައި ބަހައްޓާފައި ތެދުވުނު ތަނެވެ. ދެއަތުން ފިހިގަނޑުގައި ވަރުގަދައަށް ހިފަހައްޓައިގެން ހުރެ އެ އަތުކޮޅަށް އުފުލީ ހުޝާލްއާ ދިމާއަށެވެ. ހަމަލާއެއް ދޭން އުޅުނު ފަދައިންނެވެ. ހުޝާލް އެނބުރުނުއިރު ފެނުނީ ފިހިގަނޑު އުފުލާލައިގެން ހުރި މަންޒަރެވެ. އޭނާގެ ހަށިގަނޑު ގަނޑުވެ ހުއްޓުނެވެ. "ކެނާން؟" ޚުޝަލް ހައިރާންވެ އަންތަރީސްވިއެވެ. ހިތުގެ ވިންދުވެސް ހުއްޓުނުފަދައެވެ. އެއާއެކު ހުރިހާ އެއްޗެއް ވެސް ހުއްޓުމަކަށް އައިފަދައެވެ. ގޭތެރެއިން އިވުނު ރުއިމުގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. ވައިގެ ތެރެއަށް ދަމައިގަތް ނޭވައެއްހެންނެވެ. ފާރުތަކުން ފިނިކަން ފިލައިގެން ދިޔައެވެ. "ކެނާން... ޔޫ އާ ސްޓޭންޑިނގ...ހައު..." ކެނާން އެސްފިޔަ ޖަހައިލިއެވެ. ކޮޅަށް ހުރެވުނުކަން އިހުސާސްވެ މި މަންޒަރު އޭނައަށް ފެންނާނެ ގޮތް ވިސްނުނެވެ. " އަޑު އިވުނުތަ؟....ޑިޑް ޔޫ ސީ ދެޓް ފިގާ؟" ކެނާން ބޭނުންވީ އޭނަ ގެ ސުވާލުތަކަށް ސަމާލުކަން ނުދިނުމަށެވެ. ބޭނުންވީ ޚުދު އޭނައަށް ކޮޅަށް ހުރެވުނު ކަމުގެ އިހުސާސް ނުވާ ކަމުގައި ދެއްކުމަށެވެ. ނަމަވެސް ހުޝަލް އެއަށް ވުރެ ވިސްނުން ތޫނެވެ. " ޑޯންޓް ޑޮޖް މައި ކުއެސްޝަން...ކެނާން..."އޭނަ އިތުރަށް މިހާ ސީރިއަސްވެ ކެނާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. " އަހަރުތަކެއް މިވީ......ތެރަޕީ އާފްޓާ ތެރަޕީ..ކިހިނެއް ކެނާން އަށް ކޮޅަށް ހުރެ ނޯމަލް ކޮށް ހިނގުނީ؟ޖަވާބު ދީބަލަ..."އޭނަގެ އަޑުހަރުވިއެވެ. ގެއިން އެންމެން ހޭލައްވައިލާނެހެން ހީވާންފެށުމުން ކެނާން އިސްއުފުލާ ބަލާލިއެވެ. އޭނައަށް ކެނާންގެ ލޮލުން ސުވާލަށް ޖަވާބު ލިބުނު ފަދައެވެ. މިއީ މިއަދު އަލަށް ވީ ކަމެއްނޫނެވެ. ކެނާންއަށް ރަނަގޅަށް ހިނގައި އުޅެވޭތާ ކިތަންމެ ދުވަހެކެވެ. "ވައި ފޫލް އެވްރީވަން؟....ވައި ޑޫ ދިސް ޓު ޔޯސެލްފް ކެނާން؟...ފޯ ވަޓް؟...ފޯ ހޫމް..." އެހާ ބޮޑު އޮޅުވާލުމެއް ކެނާންގެ ފަރާތުން ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. ކެނާން ހުރީ ބަސްހުއްޓިފައެވެ. ބަރު ހަމަހިމޭންކަމެއް އެ ތަނަށް ވެރިވިއެވެ. އެ ހަމަހިމޭންކަމުގައި ވަނީ ބުނެ ނުދެވޭހާ ގިނަ ބަސްތަކެކެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑު އިވުނެވެ. އެ ވަގުތު ދެމީހުންގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ. ދޮރުން ވަދެގެން އައި މާޒިމްއަށް ބަލައިލުމަށްފަހު ދެމީހުންވެސް ބިރުންތިބެ އިސްޖައިލިއެވެ.އުރްޖުވާން ވަދެއައީ މާޒިމް އޭނާގެ ފަހަތުންނެވެ. އެންމެފަހުން ފެނުނީ މީކާއިލްއެވެ. އޭނަ އައީ ދަބަސް ދަމަމުންނެވެ. އެންމެންވެސް އެކަކު އަނެކެއްގެ މޫނަށް އަވަސް ނަޒަރު ހިންގާލެވުނެވެ. "މަޑުކުރޭ... އެއީ…ކެނާންތަ؟" މީކާއިލް ޔަގީން ނުވެފައި ހުރިގޮތަކަށް ލޯ ކުޑަކޮށްލިއެވެ. އުރްޖުވާންގެ ނޭވާވެސް ހުއްޓުނެވެ. އޭނާގެ ތުންފަތް ހުޅުވުނެވެ. އެކަމަކު އެއްވެސް ބަހެއް ނުބުނެވުނެވެ. އޭނާގެ އަމަލުތަކުންވެސް ފެނުނީ ޝޮކެއް ލިބުނުކަމެވެ. މާޒިމްގެ ނަޒަރު ދިޔައީ ކެނާންގެ ފައިތިލައަށެވެ. ދެން އޭނާގެ މޫނަށެވެ. އެއްޗެކޭ ނުބުންޏަސް ކަންކަތުރަށް ބާރުކޮށްލެވުނެވެ. މާޒިމް އަށް ކުރެވުނު ޝައްކު ޔަގީންކަމަކަށް ބަދަލުވީއެވެ. ކެނާންއަކީ މަކަރުވެރިއެކެވެ.އެންމެނަށް އޮޅުވައިލީއެވެ. ކުއްލިއަކަށް ކޮރިޑޯއިން އިވުނީ ހަރު އަޑެކެވެ. އެ އަޑު ހީވަނީ ގޭތެރެވެސް ފަޅައިލާހެންނެވެ. އެއީ މިރެލްގެ އަޑެވެ. މިރެލް ކަންފަތް ފަޅައިގެންދާހާ ބާރަށް ރޮނީއެވެ. އުރްޖުވާންގެ ހިތަށް ވަރުގަދަ ހަމަލާއެއް އެރިފަދައެވެ. އޭނާ ގެ މުޅި ހަށިގަނޑަށް ބިރުވެރިކަން ފެތުރުނެވެ. "އެއީ....... މިރެލްތަ؟" އުރުޖުވާންގެ އަޑުގައި ވީ ބިރުވެރިކަމާއި ކަންބޮޑުވުމެހުޝާލްވެސް ބޯޖަހައިލީ ވަށައިގެން ހޯދައިލަމުންނެވެ. އޭނާގެ ނަޒަރު ހުރީ ކެނާންގެ މައްޗަށް ހުއްޓިފައެވެ. "އާނ، މިރެލް މިރޭ...ހޭލެވިގެން ބޭރަށް ދާން އުޅުނީ..." އޭނާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. "ދަރިފުޅު......"ޚުޝަލް ޖުމްލަ ފުރިހަމަ ނުވަނީސް ވެސް އުރުޖުވާން ހަޅޭއްލަވައިގަންނަމުން ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. މާޒިމް އިތުރަށް ހައިރާންވިއެވެ. "ވަޓް....އެ ކީއްވެ؟..އެ ކިހިނެއް؟"ހިތުގައި އެތައް ސުވާލުތަކެއް ފުނި ޖެހުނެވެ. ހުޝަލް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މާޒިމް ހިފީ ކެނާންގެ ޓީޝާޓުގައެވެ. " ޔޫ....ދިސް އިޒް އޯލް ޔޯ ފޯލްޓް...މިރެލް އަބަދުވެސް ތި ކޮޓަރިއަށް އަންނަ ވެގެން ދަންވަރު ވެސް ތިރިޔަށް ފައިބައި....ވަޓްސް ރޯންގް ވިތް ޔޫ....ވައި އާ ޔޫ އާފްޓާ މައި ފެމިލީ..." މާޒިމް ހީވީ ހިތުގައިވާ އުދާސްތައް ބޭރުކޮށްލާނެ ފުރުސަތެއް ނުލިބިފައި ހުރިހެންނެވެ. ޚުޝަލް މާޒިމް ދުރުކުރަން މަސައްކަތްކުރިއެވެ. "ހަމަޖެހިބަލަ ދޮންބެ....ކެނާންއާއި ބެހޭކަމެއްނޫން...." އުރްޖުވާން މިރެލްގެ ކޮޓަރިން ނުކުމެގެން އައީ ދުވެފައެވެ. އޭނާގެ މޫނު ހުދުކަމުން ކަފަކޮޅެއްފަދައެވެ. ލޭ ފިލައިގެން ގޮސްފައިވާހެންނެވެ. "މިރެލް އެއް ނެތް!" އުރްޖުވާން ހަޅޭއްލަވައިގަތެވެ. އޭނަ މާޒިމްއަށް ބަލައިލުމަށްފަހު ހުޝާލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "މިރެލް ކޮޓަރީގައި ނެތް....ކޮބާ މިރެލް..." އުރުޖުވާންގެ އަޑު ކެނޑޭގޮތްވިއެވެ. އުރުޖުވާންގެ ފަހަތުން ކަހަލަގޮތަކަށް މެހެކްވެސް ދުވަމުން އައެވެ. މާޒިމް ކެނާންގެ ޓީޝާޓުން އަތް ދޫކޮށްލިއެވެ. އުރުޖުވާންގެ ޖުމްލައާއެކު ހީވީ ވައިގަދަ ވިލާގަނޑެއް ގުގުރާލިހެންނެވެނެވެ. ކުރިން އިވުނު އަޑާއި، އެންމެންނަށް ދެންމެއަކު އިވުނު އަޑު އަނެއްކާވެސް އެމީހުންގެ ސިކުނޑީގައި އަޑުގައި ގުގުމައިގަތެވެ. އެ އަޑު އަންނަނީ ގޭތެރެއަކުން ނޫނެވެ. ބޭރުންނެވެ. ދުރުންނެވެ. ހުސް އަޑެއްހެންނެވެ. ކޮރިޑޯގައި ހުރި ދޮރުތައް ހުޅުވެމުން ދިޔައެވެ. ގޭގެ އެހެން މީހުން ހޭލެވެމުން ދިޔައެވެ. ނާޝިދުއާއި ނަބީލާ ގެ ލޯވެސް ވަނީ ނިދިބަރުވެފައެވެ. އެކަމަކު އިވުނު އަޑުތަކާއެކު އެންމެންގެ ނިދި ހަލާކުވެ މޫނަށް ބިރުވެރިކަން ފެތުރިގެން ދިޔައެވެ. އެންމެންވެސް ތިބީ ކޮރިޑޯގައެވެ. މަޑު ފިޔަވަޅުގެ އަޑެއް އިވުނެވެ. އެމީހުންގެ ފަހަތުން، ސިޑިން އަރައިގެން އަންނަހެންނެވެ.އެންމެންނަށް ބަލައިލެވުނުއިރު ސިޑީގެ މަތީގައި ހުރީ މަދީނާއެވެ. އެ ދޮން މޫނު ދަލުން ފުރި ހާސްވެފައެވެ. " މިރެލް....މިރެލް..." އޭނަ ހާސްވެފައި ހުރިވަރުން އަޑު ކިރިޔާ ނުކުތްކަމެވެ. އޭނާ ލައިގެން ހުރީ ދިގު، ފަހި، ފުޅާ ހެދުމެކެވެ. ކަޅުއޮމާން ނޫކުލައިގެ ހެދުމެކެވެ. އެންމެންގެ ސަމާލުކަން އަނެއްކާ ދަމައިގަތީ ބޭރުން އިވެން ފެށި އަޑުންނެވެ. އަނެއްކާވެސް ރުއިމުގެ އަޑެވެ. އެންމެން އެކީގައިހެން މިރެލްއަށް ގޮވަމުން ބޭރަށް ނިކުތެވެ. މީކާއީލް ފިޔަވައެވެ. "މިރެލް...ގެންދިޔައީ...." މަދީނާގެ އަޑު ކެނޑުނެވެ. އޭނަގެ ހަށިގަނޑަށް ހޫނުވާންފެށިއެވެ. މީކާއިލްއަށް ފެނުނީ އޭނާގެ ކޯތާފަތުގައި ހުރި އާދަޔާ ޚިލާފު ރަތްކަމާއި، އެލޮލަށް އެޅިފައިވާ ބިއްލޫރި ފަށަލައެވެ. އަދިވެސް އިނގިލި ދިއްކޮށްގެން ހުރީ ހުޅުވިފައިވާ ދޮރާ ދިމާލަށެވެ. ނާޝިދު، މާޒިމް، އުރްޖުވާން، ހުޝާލް އަދި ކެނާންވެސް މިރެލްއަށް ގޮވަމުން ބަގީޗާތެރެއަަށް ނުކުތެވެ. މީކާއިލްއާއި މަދީނާވެސް ބޭނުންވީ އެމީހުންނާއި ބައިވެރިވެގެން މިރެލް ހޯދުމަށެވެ. "މިރެލް.. މިރެލް............" އެމީހުންގެ ފަހަތުން މީހަކު ވައި އަޑަކުން ކިޔައިލިއެވެ. ބަދިގެއާ ދިމާއިން ތަޅުންގަނޑުގެ ފިލައެއް ނެއްޓުނުފަދަ އަޑެއް އިވުނެވެ. އެއްޗެއް ދަމާލާ އަޑެއްވެސް އިވުނެވެ.މީކާއިލްމެންނަށް އެހިސާބަށް ދެވުނުއިރު އަނދިރި ބަދިގޭގެ ކަންމަތީގައި ހުރީ މިރެލްއެވެ. އޭނާގެ މޫނުގެ ދެބައިކުޅަ އެއްބައި ވަނީ ފޮރުވިފައެވެ. އެއް އަތުން ބުދުގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ އިސްތަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެ މޫނުވަށައިގެން ވިހުރުވިފައެވެ. ކުޑަކުޑަ ފައިތިލަތައް ހުރީ ފިނި ތަޅުންގަނޑުގައި ޖައްސާލައިގެންނެވެ."މިރެލް މިހިރީ ނު.............. "ނުލަފާ އަޑަކުން ހިނިގަނޑެއް ޖަހައިލިއެވެ. އެއަށްފަހު ބިރުވެރި ހަމަހިމޭންކަމެއް ވެރިވިއެވެ. މީކާއިލްގެ ހިތުގެ ވިންދު ހުއްޓުނުހެން ހީވިއެވެ. މަދީނާގެ މޫނަށް އަނދިރިވެ އަރިއަޅައިލުމުން މީކާއިލް އަށް ހިފުނީ ހަމަ ކިރިޔާއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ