އާއިލާގެ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި މާންދޫގެދެކުނުގޭގެ އިމާރާތުގެ ތެރޭގައި ހިނގާ ހުރިހާ ކަމަކަށް ޒިންމާ ވާންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ މާންދޫގެދެކުނުގެއަކީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި ގެއެއް ކަމަށެވެ.
އަމީންގެ ބާރު ސީދާ ފޯރަނީ އޭނާގެ އާއިލާ ދިރިއުޅޭ ބައިތަކަށް އެކަނި ކަމަށާއި އެ ގޭގެ އެންމެން ބޭނުންކުރާ ތަންތަނުގައި ކުރާ ކަންކަމަށް ޒިންމާ ވާން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ. ސަބަބަކީ އެ ތަންތަނަކީ އެ ގޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުންނަ ތަންތަނަށް ވާތީ ކަމަށް އަމީން ވިދާޅުވި އެވެ.
"އެހެންކަމަށްވާނަމަ އެއްމެދު އިމާރާތެއްގައި ނުވަތަ ކޮންޑޮމޭނިއަމެއްގައި އެތައް ބަޔަކު އެޕާޓުމެންޓުތަކެއް ނުވަތަ އިމާރާތުގެ މުޅި އިމާރާތް މިލްކު ކުރާ ހާލަތުގައި އެ އިމާރާތުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ އޭގެ ޒިންމާ ވަކި އޯނަރެއް، އޭނާ ވަކި މަގާމެއްގައި [ހުރުމުން] ނަގަންޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،" އަމީން ވިދާޅުވި އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި އިތުރު އަށް މީހަކު މާންދޫދެކުނު ގޭގައި ހަރަކާތްތެރިވި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ޔުމްނު ވެއްޓުނު ހާދިސާ ހިނގުމުގެ ކުރިން މާންދޫދެކުނު ގޭގައި މަސްތު ޕާޓީއެއް ހިންގި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތަކަށް ބާރު ލިބޭ ވީޑިއޯތަކެއް ވެސް ސޯޝަލްމީޑިއާގައި ދައުރުވި އެވެ. އެ ވީޑިއޯތަކުން ފެންނަ ގެއަކީ މާންދޫދެކުނު ގެ ކަމަށް ސޯޝަލްމީޑިއާގައި ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ.
ނަމަވެސް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން މިއަދު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ އާއި މާންދޫދެކުނު ގެއާ އެއްވެސް ގުޅުމެއް އޮތްކަން ތަހުގީގީ އެއްވެސް އިދާރާއަކުން މިހައިތަނަށް އަންގާފައި ނުވާ ކަމަށެވެ.
އަމީން ވިދާޅުވީ މާންދޫގެދެކުނުގޭގައި ހިނގާ ހުރިހާ ކަމަކަށް ޒިންމާވާކަން ނުޖެހޭ ކަމަށް އަމީން ވިދާޅުވީ މާންދޫގެދެކުނުގޭގައި ހިނގާ ހުރިހާ ކަމަކަށް ޒިންމާވާކަން ނުޖެހޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ