ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޖާ(ޑަބްލިއެޗްއޯ) އިން އެލަރޓްކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެލަރޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރައްވާފައެވެ.
ޑަބްލިއުއެޗް އިން އެލަރޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެވެ. މި ބޭހުގެ ބެޗްތައް އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް ޑަބްލިއުއެޗް އިން ވަނީ އެލާޓްކޮށްފައެވެ.
ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރައްވާއިރު،މިބެޗްތަކާއިމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ)އިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ (އެމްއެފްޑީއޭ)ގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޖާ( ޑަބްލިއެޗްއޯ) އިން މައްސަލަ ފާގަކޮށްފައިވާ ބޭހުގެ މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.
https://cdn.who.int/media/docs/default-source/substandard-and-falsified/n3_2025_imfinzi_en.pdf?sfvrsn=3706111a_1
ހަބަރު: ސަރުކާރު
ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ޑަބްލިއުއެޗްއޯއިން އެލަރޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ