ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަގާމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހޮވައިފި އެވެ.
ޕީއެންސީގެ މައި ޕާޓީގެ ގޮތުގައި ކުރިން އޮތް ޕީޕީއެމް އުވާލަން ނިންމިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ގައްސާން އަދި ސިޔާމް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖައްސަން ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމެއްގަ އެވެ.
ގައްސާން އަދި ޝިޔާމް އާއެކު ޕީއެންސީގައި މިހާރު ޖުމްލަ އަށް ނައިބު ރައީސުން އެބަތިއްބެވެ. ދެން ތިއްބެވި ހަ ނައިބު ރައީސުންނަކީ؛
ނައިބު ރައީސުންގެ މައްޗަށް ޕީއެންސީގެ ހިންގުމުގައި ތިއްބަވަނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހުރިއްޔާ މުހައްމަދު މުއިއްޒު އަދި ޗެއާޕާސަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މި އަހަރު ކުރީކޮޅު ދެ ރައީސުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އަބްދުއްރަހީމް ޕާޓީގެ ކަންކަމުން އެއްފަރާތް ކުރިކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް މި ފަހުން އެމަނިކުފާނު ގެންދަވަނީ އަނެއްކާ ވެސް ޕީއެންސީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ސެނެޓުގައި ޕާޓީގެ ކުރިއަށް ހުރި އެކި ހަރަކާތްތަކާއި އެތެރޭގެ ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ޝިޔާމާއި ގައްސާން ހަމަޖައްސައިފި ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ޝިޔާމާއި ގައްސާން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ