ސަޓާ އެވޯޑަށް ހުޅުވާލައިފި

މި އެވޯޑް ހަފްލާ ގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކުން އެވޯޑް ދެ އެވެ.
ސައުތު އޭޝިއާގެ ޕްރިމިއާ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ރިކޮގްނިޝަން، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އިން 2024 ވަނަ އަހަރުގެ އެޑިޝަނަށް ނޮމިނޭޝަންތައް ހުޅުވާލައިފި އެވެ. 
ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ނިޔަލަށް އޮންލައިންކޮށް www.southasiantravelawards.com އިން ނޮމިނޭޝަން ހުށަހެޅޭނެ އެވެ. 2016 ވަނަ އަހަރު އުފެދުނު ސާޓާއަކީ މި ސަރަހައްދުގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެކިއެކި ރޮނގުތަކުން ހުނަރާއި ފަންނުވެރިކަން ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރަމުންދާ ޓޫރިޒަމްގެ މުހިންމު ބައިވެރިއެކެވެ.އަހަރަކު އެއްފަހަރު ބާއްވާ މި މި އެވޯޑު ގައި ތަފާތު ކެޓަގަރީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމިއްޔާތަކަށާއި ފަރުދުންނަށް ޝަރަފުވެރިކަން އަރުވަ އެވެ.
ސަޓާ އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއެވޯޑް ދޭނެ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ނެވެ.މި އެވޯޑް ހަފްލާ ގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކުން އެވޯޑް ދެ އެވެ.މިފަހަރުގެ އެވޯޑުގައި ކެޓަގަރީތަކަށް އައު ބަދަލުތައް ގެނެވި ފުރުސަތުތައް ވަނީ ފުޅާ ކޮށްފައެވެ. ސަޓާ 2024 އިން ތައާރަފުކުރި ކެޓަގަރީތަކުގެ ތެރެއިން ޕްރޮޕަޓީތަކާއި ބްރޭންޑްތަކުގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. މިހާރު ދެމުންދާ އެވޯޑްތަކުގެ އިތުރުން ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް ވެސް މިހާރު ވަނީ ހިމަނާފައެވެ.
ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސާޓާ އެންޑޯސް ކުރުމަކީ ލިބޭ ވަރަށް ބޮޑުއުފަލެއް ކަން ފާހަގަކޮށް ސަޓާ އިން އެ އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ.
ސާޓާ އަކީ ނެޓްވޯކިން އެންޑް ޓްރެންޑްސް އަށް ހާއްސަ ޕްލެޓްފޯމެކެވެ. މިއީ ހަމައެކަނި އެވޯޑް ހަފްލާއަކަށް ވުރެ ބޮޑަށް ސަޓާ ވެފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދައްކުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ