އެންމެންވެސް ބޭނުންވެގެން މިއުޅެނީ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވުމަށެވެ. އެކަމަށް އެދިގެން މުސްލިމުން ފުރިހަމަކުރަންޖެހޭ 3 ކަމެއް ވެއެވެ.
ފުރަތަމަ ކަމަކީ ތިމާ ޙާޞިލްކުރަން ބޭނުންވާ ކަންތައް ކަނޑައެޅުމެވެ.
ދެވަނަ ކަމަކީ އެކަން ތިމާއަށް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެކަން އެންމެ ފުރިހަމަ ގޮތުގައި ޔަޤީންކުރުމެވެ.
ތިންވަނަ ކަމަކީ އެކަން ޙާޞިލްކުރަން ތިމާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމެވެ.
ވަރަށް ޔަޤީންކަމާއިއެކު މި 3 ކަންތައް ފުރިހަމަކޮށްފި މީހަކަށް ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މިބަހަށް ބައެއް މީހުން އިންކާރުވެސްކޮށްފާނެއެވެ. މި 3 ކަންތައް ފުރިހަމަކުރުމުންވެސް މިވެނި އެވެނިކަމެއް ޙާޞިލު ނުކުރެވުނު ކަމަށްވެސް ބުނެފާނެއެވެ.
އެހެންވެ އެކަން މެދުވެރިވާ ގޮތްވެސް ކިޔައިދޭނަމެވެ. މިޘާލަކަށް ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންހުރި މީހެކެވެ. ތިބާ އެދެނީ އެކަމެއް ތިބާއަށް ޙާޞިލުކުރެވުމުން ތިބާއަށް ގެއްލުންވާނެ ކަމަކަށެވެ. އެކަން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެޙާލަތުގައި ތިބާ އެދުނުކަންތައް އެދުނު ގޮތަށް ޙާޞިލުނުކުރެވިދާނެއެވެ. ނަމަވެސް ބަދަލުގައި އެހެން ކަމަކުން ރަޙްމަތް ލައްވަވާނެތެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބިގެންވާ އަޅުން ކަމަކަށް އެދިގެން ދުޢާކުރުމުން އެކަން ހިންމަވައި ދެއްވަވައި އެމީހަކަށް ފައިދާހުރި އެހެންކަމެއް މިންވަރުކުރައްވަވަނީވެސް ހަމަ މިގޮތުންނެވެ.
- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން
ކާމިޔާބު ޔަޤީން އިން ޝާ ﷲ!: ﷲ ގެ ޙަޟްރަތުން ކޮންމެ ކަމަކަށް އެދިގެންވެސް ޘާބިތުކަމާއެކު ފުރިހަމަކުރަންޖެހޭ 3 ކަންތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ