މިސްކިތެއްގައި ކުދީންތަކެއް ނެށި މައްސަލައެއް ފެންމަތިވެ އެކަން އިދާރާތަކުން ބަލަން ފަށައިފި އެވެ.
މިހާރު ޓިކްޓޮކް ގައި ވައިރަލް ވެފައިވާ ވީޑިއޯ އަކުން ފެންނަނީ ފަސް ކުއްޖަކު މިސްކިތެއްގެ ތެރޭގައި ނަށާ ތަނެވެ. މިއީ މިހާރު ޓްރެންޑް ވެފައިވާ ނެށުމެކެވެ.
އެނގިފައިވާ ގޮތުގައި މިއީ ފުވައްމުލަކު ސިޓީގެ ކުދީންތަކެކެވެ. އެ ކުދީން ނަށާފައި ވަނީ އެ ރަށު މަސްޖިދު ހުދާ އެވެ.
އެ ވީޑިއޯ އާންމުވެ އެތައް ބަޔަކު ވަނީ ރުޅިވެރިކަމާއެކު އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުދީންގެ އަހްލާގަށް އަންނަ ނުރަނގަޅު ބަދަލުތައް ފާހަގަކޮށް އެކަންކަން ހުއްޓުވަން ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ.
އެކަމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ބުނީ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއާ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ހިމެނެ އެވެ.
ރާއްޖޭގައި ޓިކްޓޮކް ބޭނުން ކުރާ ބޮޑު އާބާދީއެއް އެބަ އޮތެވެ. ބައެއް މީހުންގެ ފަރާތުން ފެންނަނީ ވަރަށް ދަށް އަޚްލާގެކެވެ. ވިޔާނުދާ މަންޒަރުތަކާއި ފާހިޝް ވާހަކަތައް ވެސް ދަނީ ލަދެއް ނެތި އާންމު ކުރަމުންނެވެ.
މިސްކިތެއްގައި ކުދީންތަކެއް ނެށި މައްސަލައެއް، އިދާރާތަކުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ