ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާ ފަރާތްތަކާއި ސަރުކާރުން ބައްދަލުކޮށް މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތުތައް ދޭނެ ކަމަށެވެ.
އީއޯއައި ހުށަހެޅުމަށް މުއްދަތު ދީފައި ވަނީ އޯގަސްޓް 7، ގެ ނިޔަލަށެވެ. މިގޮތުން ހުރިހާ ލިޔެކިޔުންތައް ޕީޑީއެފް ފޯމެޓްގައި [email protected] އަށް ހުށަހަޅަން މިނިސްޓްރީން އެދެ އެވެ.
ފޮނަދޫގައި ޕޯޓް އަދި ބަންކަރިން މަޝްރޫއުގެ ދަށުން ތެޔޮ ރައްކާކުރާ ތަނަކާއި، އޮފްޝޯ ނުވަތަ ފްލޯޓިން ޓޭންކްގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން އިމާރާތްކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން، މަޝްރޫއުގެ ދަށުން ޕޯޓަށް ޓްރާންސިޓްކުރާ ކަނޑު އުޅަނދުތަކަށް ތެލުގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޔޫޓިލިޓީސް އަދި ސާވިސް ފެސިލިޓީސް ގާއިމުކުރުން ހިމެނެ އެވެ.
ސަރުކާރުން ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި އޮތް ލ. ގާދޫގައި ޓްރާންޝިޕްމަންޓު ބަނދަރުގެ މަޝްރޫއު އިންޑިއާއާއެކު ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ގާދޫ އަދި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޓްރާންޝިޕްމަންޓު ބަނދަރު ތަރައްގީކުރުމަށް އެކުގައި މަސައްކަތް ކުރަން ރާއްޖެ އަދި އިންޑިއާއިން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ޓްރާންޝިޕްމަންޓު ބަނދަރު ހިމެނޭހެން ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ޗައިނާގެ ސީއޭއެމްސީއީ ކޮމްޕެނީ ލިމިޓެޑްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރީލް 11، ގަ އެވެ.
ގާދޫ އިންޓަގްރޭޓެޑް މެރިޓައިމް ހަބުގައި ޓްރާންސްޝިޕްމަންޓު ބަނދަރުގެ އިތުރުން ކްރޫޒް ޓާމިނަލަކާއި ޔޮޓު މެރީނާއެއްގެ އިތުރުން އީކޯ ރިސޯޓެއް ވެސް ތަރައްގީކުރާނެކަން ސަރުކާރުން ކުރިން އިއުލާންކުރި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓު ބަނދަރެއް ހިމެނޭހެން، އެ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގުން ހަވާލުކޮށްފައިވަނީ ވެސް ސަރުކާރުގެ ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒީ) އާ އެވެ.
ރާއްޖޭގެ ދެކުނުން ގާދޫ އަދި އުތުރުން އިހަވަންދިއްޕޮޅުގައި ދެ ޓްރާންސްޝިޕްމަންޓު ބަނދަރު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ