އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓު ކެނޑިފައިވަނީ، މިރޭ 10:30 ހާއިރު އެވެ. މިގޮތުން ހިތަދޫ، މަރަދޫ މަރަދޫ-ފޭދޫ އަދި ފޭދޫއިން ވަނީ ކަރަންޓު ކެނޑިފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ގޮސްފައިވާއިރު، ފެނަކައިން ބުނީ ކަރަންޓު ދިޔަ ސަބަބު ބަލަމުންދާ ކަމަށެވެ. އަދި ކަރަންޓު ވީހާ އަވަހަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކަ އިން ބުނެ އެވެ.
މިފަހަކަށް އައިސް އައްޑޫއިން މިގޮތަށް ކަރަންޓު ކެނޑޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އަޕްގްރޭޑް ކުރުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ