މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު 13:30 އާއި ހަމަ އަށް ވަނީ ދީފައެވެ.
މެޓުން ވަނީ ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލުގެ މެސެޖު ވެސް ނެރެފައެވެ.
މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ