މިދިޔަ ތިން އަހަރު ވެސް ކަނޑިތީމު ދާއިރާއިން ކަރަންޓު ނުކެނޑޭ މިންވަރަށް މިދިޔަ އަށް މަހު އެކަނި ވެސް ކަރަންޓު ކެނޑުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އަމީން ވިދާޅުވީ މިދިޔަ ދައުރުގައި ވެސް ކަރަންޓު ކެނޑުނު ކަމަށާ މިސަރުކާރުގެ މި ދައުރުގައި ވެސް ކަރަންޓު ކެނޑެމުންދާކަން ފާހަގަކޮށް މެންބަރު ވިދާޅުވީ ހާލަތުހުރީ ދަށު ދަރަޖައިގަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވީ ނަމަވެސް ރަނގަޅަށް ހުރި ތަންތަން ވެސް އެބަހުރި ކަމަށެވެ.
ނަމަވެސް މިއަދު ބަހުސް ކުރެވެމުން ދަނީ މިއަދު އައްޑުއަށް އެ މައްސަލަ ދިމާވާތީ ކަމަށް މެންބަރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާ، ކަނޑިތީމު ދާއިރާއަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.
ހަމަ އެގޮތަށް އަޅުގަނޑުގެ ދާއިރާގަ ވެސް ކަރަންޓު ކެނޑޭ. ވޭތުވެދިއަ ތިން އަހަރު ކަރަންޓު ނުކެނޑޭ މިންވަރަށް މިދިޔަ އަށް މަސް ދުވަހު އަޅުގަނޑުގެ ދާއިރާއިން ކަރަންޓު ކެނޑުނު،
އިތުރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އަސާސީ ޚިދުމަތެއްގެ ވާހަކަ ދެކެވޭއިރުވެސް ބައެއް މެންބަރުން ބަލަނީ ކޮންމެވެސް ޖަރީމާއެއް ކުރީ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނެ ބަހުސް ކުރެވޭތޯ ކަމަށެވެ. މެންބަރު ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގިކަމަށް ބުނާ ޖަރީމާއެއް ހިންގާފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ އެ މައްސަލަތައް ބަލައި، އެކަންކަމަށް ފިޔަވަޅު އެޅުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ ކަމަށް މެންބަރު ވިދާޅުވިއެވެ.
ހިންގިފަ ހުރިކަމަށް މި ބުނާ ޖަރީމާއާ މިކަހަލަ ވާހަކަ. މިއަދާ ހަމައަށް އައި އިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ވޭތުވެދިއަ ސަރުކާރުން އެއްވެސް ޖަރީމާއެއް ހިންގާފަ ހުރި ކަމަކަށް. އެއީ އެ މައްސަލަތައް ބަލާ އެކަންކަމަށް ފިޔަވަޅު އަޅާކަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނޭ. ކުރާނަމަ އަށް މަސްދުވަސް ވެގެންދާއިރު ކޮންމެސް ވަރެއްގެ ހެތްކެއް ނުވަތަ ކޮންމެސް ވަރެއްގެ މައުލޫމާތެއް ރައްޔިތުންނަށް ލިބޭނެ ކަމަށް އަޅުގަނޑު މި ބަލަނީ،
އަމީން ވިދާޅުވީ އަސާސީ ޚިދުމަތެއް ނުލިބި އެއް ގަޑިއިރު ދިޔަސް އެއީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ބޮޑު އުނދަގުލަކާ ތަކުލީފަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެއީ އެމްޑީޕީވިޔަސް ޕީޕީއެމް ވިޔަސް އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތަކަށް ވީ ނަމަވެސް އެކަން އޮންނާނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ރައްޔިތުންނަށް ކަރަނޓު ކެނޑޭ މައްސަލައިގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަށެވެ. އަދި ނިވިދިއްލޭ ބޮއްކެއްހެން ހިދުމަތް ދިނުމުގެ ސަބަބުން، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ގޭގައި ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވަމުންދާކަމަށް ނާޒިލް ހުށަހެޅި މައްސަލައިގައިވެއެވެ. ކަރަންޓު ފަދަ އަސާސީ ހިދުމަތެއް މެދުކެނޑުމަކީ، ދިރިއުޅުމުގެ އެހެން ކަންކަމަށް އަސަރު ކުރާނެ ސަބަބެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް ވެސް ބުނެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު ނާޒިލް ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާން މެދުވެރިވީ، ފެންކަ މައި އޮފީހުގެ ވެރިންގެ އިހުމާލުން ކަމަށެވެ. މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ފެނަކައިން މެޝިނަރީތައް އެއްވެސް މިންވަރަކަށް މެއިންޓަނެންސް ނުކުރާކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގޭނީ އައްޑޫގެ ރައްޔިތުންނަށްކަމަށާއި، ފެނަކައަށް ބޭނުންވާ އެއްވެސް އިކުއިޕްމެންޓެއް ވެސް ނުލިބޭކަން އެ ރައްޔިތުން ދަންނާނެކަމަށް ނާޒިލް ވިދާޅުވިއެވެ.
މިދިޔަ ތިން އަހަރު ކަރަންޓު ނުކެނޑޭވަރަށް މިދިޔަ އަށް މަހު އެކަނިވެސް ކަރަންޓު ކެނޑުނު: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ