އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަނުކޮށްފި އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރަކަށް ޝާޑީ ގަވަސްމީ މިއަދު އައްޔަނުކޮށްފި އެވެ.
އުރީދޫއިން ބުނީ ގަވަސްމީގެ ލީޑާޝިޕްގެ ދަށުން ކުންފުނި އައު އުސް މިންތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި އައު އިޖާދުތައް މެދުވެރިކޮށް މުޖުތަމަޢުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަން ޔަގީންވާ ކަމަށެވެ.
ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ގަވަސްމީ އުރީދޫ ގްރޫޕްގައި މަސައްކަތްކުރައްވަން ފެއްޓެވީ 2015 ގަ އެވެ.
އޭނާ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އައު ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި އިސް ރޯލެއް އަދާކޮށްފަ އެވެ.
އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރަކަށް ގަވަސްމީ އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ހަލިދު އަލްހަމާދީގެ ބަދަލުގަ އެވެ.
އުރީދޫއިން ވަނީ ހާލިދު އަލްހަމާދީގެ ދައުރުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފުކުރެވުނުކަން ފާހަގަކުރި އެވެ.
މީގެއިތުރުން މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ހިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާއި ގުޅުވާލީވެސް ހާލިދު އަލްހަމާދީގެ ދައުރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ