ކާރު ރަޖިސްޓްރީ ނުވަނީސް ލޯނު ދައްކަން ޖެހުމުގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ޔަމާލް ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ބެލެވޭ، އެކަމަކު އަނިޔާގެ ސަބަބުން ޔަމާލަށް ދެން މިސީޒަނުގައި ލަލީގެ މެޗެއް ނުކުޅެވޭނެ ހަޔާތުގެ ބައިވެރިޔާ ކުރިމަތީގަ ރޯން ޖެހިލުން ވެގ

ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރަން ބޭނުންކުރާ ފްރިޖަކަށް މައްސަލަ ދިމާވެ، ފިނި ނުވުމުގެ ސަބަބުން ލޭތައް ކުނިވުމާ ގުޅިގެން، އެ ލޭ ތިން ކުއްޖެއްގެ ގަޔަށް އަޅާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 19 އަދި 20 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން މައުލޫމާތު ދިން ގޮތުގައި، ލޭތައް ކުނިވިކަން ސެންޓަރުގެ މުވައްޒަފުންނަށް ވަގުތުން ފާހަގަކުރެވިފައި ނުވާތީ، އެ ލޭތައް ކުދިންނަށް އެޅިފައިވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.
އެމްބީއެސްގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގުމާއެކު އާއިލާތަކަށް ގުޅައި މައުލޫމާތު ދީފައިވާނެ އެވެ. ނަމަވެސް، އެއް ކުއްޖެއްގެ އާއިލާއިން ފޯނު ނުނެގުމުގެ ސަބަބުން އެ އާއިލާއަށް މައުލޫމާތު ދިނުމުގައި ލަސްތަކެއް ދިމާވި އެވެ.
މިކަމާ ގުޅިގެން އެމްބީއެސް އިން ވަނީ އާއިލާތަކުގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި 23 އޭޕްރީލް 2026 ގައި އާއިލާތަކާއި ތެލެސީމިއާ ސޮސައިޓީއާ ބައްދަލުކޮށް، މި މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެމްބީއެސް އިން މައުލޫމާތު ދެ އެވެ.
މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމްބީއެސް އިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ:
ކުނި ލޭ އެޅުނު ތިން ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް އެމްބީއެސް އިން ކަށަވަރުކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ