އިރާން ހަނގުރާމައަށް ދެ މަސް؛ އެމެރިކާއިން 25 ބިލިއަން ޑޮލަރު ހަރަދުކޮށްފި

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ ”އޮޕަރޭޝަން އެޕިކް ފިއުރީ“ އަށް މިހާތަނަށް 25 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ޕެންޓަގަންގެ އިސް އޮފިޝަލަކު ބުނެފި އެވެ..
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަދައްކަމުން ޕެންޓަގަނުގެ ކޮމްޕްޓްރޯލަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ ޖޫލްސް ހާސްޓް ވިދާޅުވި ގޮތުގައި މި ފައިސާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ހަތިޔާރަށާއި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށާއި ހަލާކުވާ ސާމާނު އާ ކުރުމަށެވެ. މި އަޑުއެހުމުގައި ޕެންޓަގަންގެ އިސްވެރިޔާ ޕީޓް ހެގްސެތް ވަނީ މި ހަނގުރާމައިގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދައްކައިފަ އެވެ.
ހަނގުރާމައަށް ހިނގާ ބޮޑު ހަރަދާ ގުޅޭގޮތުން މެންބަރުން ކުރި ސުވާލުތަކަށް ރައްދު ދެމުން ހެގްސެތް ވަނީ ސުވާލެއްކޮށްފަ އެވެ.
”މި ކޮމިޓީއާ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، އިރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެކަން ކަށަވަރު ކުރުމުގެ އަގަކީ ކޮބައިހޭ؟“
”އޮޕަރޭޝަން އެޕިކް ފިއުރީ“ ގެ ނަމުގައި އެމެރިކާ އާއި އިސްރާއީލް ގުޅިގެން އިރާނާ ދެކޮޅަށް މި ހަނގުރާމަ ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.
އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 34 އިންސައްތަ ރައްޔިތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ